މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ހަދާ އިސްލާމިކް ސެންޓަރުގެ ކުރެހުމާއި ބީ.އޯ.ކިއު ހަދާނެ ފަރާތެއް ހޯދުމަށް

ގދ. ތިނަދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރުގެ ކޮންސެޕްޓް ޑިޒައިން މި މިނިސްޓްރީން ދިނުމުން ޑީޓެއިލް ޑްރޯވިންގ ތައްޔާރުކޮށް، ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ޢިމާރާތްކުރުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަންނީ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 03 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

28 ޖުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ