އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ.މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން، ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ފުރުޞަތު ހުޅުވާލުން

ހއ.މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން، ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ފުރުޞަތު ހުޅުވާލުން

ހއ. މުރައިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި، 21 މާރިޗު 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށް 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުގެ ހަވީރު 15:00 އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް އެދޭ ކެންޑިޑޭޓުންގެ މަންދޫބުންގެ އަންނިވި ޝަރުޠުތައް ހުންނަންވާނެއެވެ.

  1. އުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައި ވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. މިއިންތިޚާބުގެ މަސައްކަތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  4. ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރުން ކަމުގައި ނުވުން.
  5. ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

ވޯޓު ނެގުން އޮންނަ ދުވަހު ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށްޓަކައި ކޮންމެ ކެންޑިޑޭޓަކަށް، މި އިންތިޚާބުގައި ބަހައްޓާ ކޮންމެ ވޯޓު ފޮށްޓަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރެވިދާނެއެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަ ކުރުމަށްފަހު، އެ ތަކެތި އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް  ނުވަތަ ހއ. މުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

ހއ. މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނާއި، ހއ. މުރައިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv) ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 15:00 އަށެވެ. އަދި އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ 2015 މާރިޗު 9 ވާ ހޯމަ ދުވަހުގެ ހަވީރު 15:00 އަށެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޖުމާދަލްއޫލާ 1436

22 ފެބުރުވަރީ 2015
ހޯދާ