އަރިއަތޮޅު ދެކުނުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މަސައްކަތު (ދާއިމީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު (ދާއިމީ)

ރޭންކް: އެސް. އެސް 1

ޢަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް:

- ސަރވިސް އެލަވަންސް: -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

- ލިވިންގ އެލަވަންސް: -/2550 ރުފިޔާ (ދެހާސް ދުއިސައްތަ ފަންސާސް ރުފިޔާ)  

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20،

އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ކޯޓުގެ އިމާރާތާއި، ގޯތިތެރެ ފޮޅައި ސާފުކުރުމާއި، ކޯޓުން އެކިފަރާތްތަކަށް ރައްދުކޮށްދޭންޖެހޭ ލިޔެކިއުން ރައްދުކުރުމާއި، ކޯޓަށް ގެންނަންޖެހޭ ތަކެތި ގެނެސްދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

1- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

4- ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯކޮޕީ، ނުވަތަ ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓް (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ، މަޤާމުގައިވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްޢޫލިއްޔަތު ހިމަނައިގެން (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

ސުންގަޑި:

2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓު www.judiciary.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 29 ރަބީޢުލްއާޚިރު 1436
19 ފެބުރުވަރީ 2015
ހޯދާ