މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމެންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އޮފިސަރ

މަޤާމް:

MS1

ރޭންކް:

ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް އިދާރާ، އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

5,610.00 ރުފިޔާ

މުސާރަ:

 2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

1- އިޤްތިޞާދީ ކަންކަން ދިރުވައި އާލާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

2- އާސާރީ ތަންތަން ބެލެހެއްޓުމާއި، ޘަޤާފީކަންކަން ދިރުވައި ދެމެހެއްޓުން.

3- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ރަށުގެ ފަރާއި ފަޅުފަދަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރަންޖެހޭ ކަންކަން ކުރުން.

4- ވިޔަފާރި، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނާއި، އިޤްތިޞާދީ މަސައްކަތްތަކާ ގުޅުންހުރި ކަންކަން ބެލެހެއްޓުން.

5- ފިހާރަތަކާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓް، ގެސްޓްހައުސް، ޢާއްމު މާރުކޭޓް ފަދަ ތަންތާނގެ ޙާލަތު ހުންނަ ނުހުންނަ ގޮތް ބަލައި، އިޞްލާޙީ ފިޔަވަޅުއެޅުން.

6- މީހުންގެ އަމިއްލަ ބިންތަކާއި މުދަލަށް ބަދަލުދިނުމާބެހޭ ކަންކަން ކުރުން.

7- ބޯހިމެނުމާއި ތަފާސްހިސާބާއި މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ސަރވޭތައް ކުރުމާއި ބެލެހެއްޓުން.

8- އިންތިޚާބުތަކާ ގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

9- ރުއްގަހާބެހޭ ކަންކަން ބެލެހެއްޓުން.

10- ފައިސާގެ ކަންކަން ހިނގާގޮތް ބަލައި، ކޮންމެ 3 މަހަކުން 1 ފަހަރު އިންޓާނަލް އޮޑިޓެއްކޮށްފައި ޒިންމާދާރުވެރިޔާއަށް ހުށަހަޅަމުން ގެންދިޔުން.

11- އިދާރާއިން ބަލަހައްޓަންޖެހޭ ފަޅުރަށްރަށާއި ލިބޭތަކެތީގެ ރެކޯޑާއި އެހެނިހެން ކަންކަން ބެލެހެއްޓުން.

12- މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން.

13- އެއްގަމާއި ކަނޑުގައި ދުއްވާ ތަކެތީގެ ކަންކަމާއި، ޢާއްމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާތަކެތިން ދޭ ޚިދުމަތް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކަށް ހުރޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުން.

14- ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އިޖުތިމާޢީ ރައްކާތެރިކަން ދޭނެ މަރުކަޒު ހިންގުމާއި، ގެވެށި އަނިޔާއިން ރައްކާތެރިވެދިނުމަށް އެހީވެދިނުމާއި، މުސްކުޅިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީއާއި ޢިނާޔަތް ހޯދައިދިނުމަށް ކުރަންޖެހޭ ކަންކަންކޮށް އެހީތެރިވެދިނުން.

15- ވަޒީފާގެ ހައިސިއްޔަތުން ހަވާލުކުރެވޭ މިނޫން ކަންކަންވެސް ކުރުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލްގެ އިދާރާގައެވެ. ދުވަހާއި، ގަޑި މަސައްކަތު 5 ދުވަސް ކުރިން، ވަޒީފާއަށްއެދި ހުށަހަޅާފައިވާ ފަރާތްތަކަށް މިއިދާރާއިން އަންގާނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

2015 މާރިޗު 4 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކާއެކު، މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާން މަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ  ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580069 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580069  އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

 28 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015
ހޯދާ