މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ލީގަލް އެސިސްޓެންޓް

އިޢްލާން

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:

ލީގަލް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް:

MS1

އޮފީސް:

ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ މުސާރަ:

-/5610 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެލަންވަސް/ޢިނާޔަތް:

- ސަރވިސް އެލަވަންސް -/3000 ރުފިޔާ (ތިންހާސް ރުފިޔާ)

- ލިވިންގ އެލަވަންސް -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %35

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.

ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ކޯޓަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރުން.

2- މައްސަލަތައް ދިރާސާކުރަން ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.

3- މައްސަލަތަކާ ގުޅިގެން އިދާރީގޮތުން އޮފީސްތަކަށް ލިޔަންޖެހޭ ސިޓީތައް ލިޔުމާއި، މައްސަލަތަކާ ގުޅިގެން އެކި މަޢުލޫމާތުތައް ސާފުކުރުމަށް ޑިޕާޓްމަންޓުންނާއި އެކި އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން.

4- މައްސަލަތަކުގައި ކޯޓަށް ހާޒިރުވާ ފަރާތްތަކުން ޗުއްޓީ ހޯދަން އެދޭނަމަ، ހަމަޖެހިފައިވާ ޤަވާއިދުން ޗުއްޓީގެ ކަންތައް ހަމަޖެއްސުން.

5- މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި، މެޖިސްޓްރޭޓަށް އެހީތެރިވުން.

6- ޝަރީޢަތުގެ މަޖުލިހުގައި ނެގޭ ރިކޯޑިންގެ ބަޔާންތައް ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކުރުން.

7- ޝަރީޢަތުގެ މަޖިލީހަށް މައްސަލައިގެ ފައިލް ވެއްދުމުގެ ކުރިން އެ މައްސަލައެއް ދެން ބައްލަވާނެ ދުވަހަކާއި ގަޑި ހޯދުން.

8- މީގެ އިތުރުން، ކޯޓުގެ އިސްމެޖިސްޓްރޭޓާއި ވެރިން އަންގާ، ކޯޓުގެ ކޮންމެ މަސައްކަތެއް ކުރުން.

9- ވަޒީފާގެ ވާޖިބުތައް، ކޯޓުހިންގުމާ ހަވާލުވެހުންނަ، އެންމެއިސް ފަނޑިޔާރެއްގެ މަޝްވަރާއާއެކު، ތެދުވެރިކަމާއި ފަރުވާތެރިކަމާއެކު އަދާކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

-ޝަރްޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (ފޯމް ލިބެން ހުންނާނީ، މި ކޯޓުގެ ކައުންޓަރުން)

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާސްކްރިޕްޓް ހުށަހެޅުން)

- އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން ހުށަހަޅާނަމަ، މާޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްޢޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ސާފު ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން،  2015 ފެބުރުވަރީ 18 ވާ ބުދަދުވަހުގެ މެންދުރު 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މި ކޯޓަށް ހުށަހެޅުން ނުވަތަ މި ކޯޓުގެ އީމެއިލަށް (r.ugoofaaru@judiciary.gov.mv) މެއިލްކުރުން އެދެމެވެ. ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބަލައެއް ނުގަނެވޭނެއެވެ.

19 ރަބީއުލްއާޚިރު 1436

09 ފެބުރުވަރީ 2015
ހޯދާ