މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޑިއުސަރ ގްރޭޑް 3

މަޤާމު:

އެސިސްޓެންޓް ޕްރޮޑިއުސަރ ގްރޭޑް 3

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ، މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

ޖީސީއީ އޭ ލެވެލް އިމްތިޙާނުގެ ދެމާއްދާއިން ފާސްވެފައިވުން، ނުވަތަ މަޤާމާގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސްއޫލިއްޔަތު:

  1. ޓީވީ ޕްރޮގްރާމް ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން ވީކްލީ އަދި ޑެއިލީ ޕްރޮގްރާމް ތައްޔާރުކުރުން؛
  2. ސްޕެޝަލް އެސައިންމެންޓްގެ ޓީވީ ގެ ގޮތުގައި ހަވާލުކުރެވޭ ޓީވީ ޕްރޮގުރާމްތައް ތައްޔާރުކުރުމާއި ރިކޯޑިންގތައް ހެދުމާއި ލައިވްތައް ގެނެސްދިނުން؛
  3. ޓީވީ ލައިވްތަކަށް/ ލައިވް ރިކޯޑިންގތަކަށް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ދާންޖެހޭ ތަންތަނަށް ގޮސްގެން މަސައްކަތްކުރުމާއި ޕްރެޒެންޓަރުން ހަމަޖައްސައި އެމީހުން ލައްވާ ޕްރޮގްރާމްތައް ހުށަހެޅުން؛
  4. ޓީވީ ޕްރޮގްރާމް ސްކްރިޕްޓް ލިޔުން؛
  5. ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ ލިޔުންތައް ތަރުޖަމާކުރުމާއި ރިސާރޗްކުރުން؛
  6. ޓީވީ ވަޒީފާއާ ގުޅޭގޮތުން ހަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ،

ސަރވިސް އެލަވަންސް:

އިތުރުގަޑި:

- މަހަކު -/5000 ރުފިޔާ.

- މަހަކު-/3000 ރުފިޔާ

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު .

- ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައިއެއް ނުގަނޭވޭނެއެވެ. މަތީގައިވާ މަޤާމަށް އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

26 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000200 /3000210 ނަންބަރު ފޯނާއެވެ.

24 ރަބީޢުލްއައްވަލް 1436        

15 ޖަނަވަރީ 2015
ހޯދާ