އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ބ. ދޮންފަނު ކައުންސިލްގެ ބައި-އިލެކްޝަން 2015

އިޢުލާނު

ބ. ދޮންފަނު ކައުންސިލްގެ ބައި-އިލެކްޝަން 2015

2014 ޖަނަވަރީ 18 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބ. ދޮންފަނު ކައުންސިލަށް އިންތިޚާބުވެފައިވާ 5 މެންބަރުންގެ ތެރެއިން މެންބަރަކު އެ ކައުންސިލުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ބ. ދޮންފަނު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި، 2015 ޖަނަވަރީ 31 ވާ ހޮނިހިރު ދުވަހު ބައި-އިލެކްޝަނެއް ބާއްވާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި އެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، 2014 ޑިސެންބަރު 15 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2014 ޑިސެންބަރު 28 ވާ އާދީއްތަ ދުވަހުގެ ހަވީރު 3:00 ގެ ނިޔަލަށް ހުޅުވާލައި މިކޮމިޝަނުން ކޮށްފައިވާ ނަންބަރު:(A)CA-2014/465 (14 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން، މި ބައި-އިލެކްޝަންގައި ވާދަކުރުމަށްޓަކައި އެޕްލިކޭޝަން ފުރިހަމަކޮށް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލި، ބ. ދޮންފަން، އާވާޒް، ޢަބްދުﷲ އަޙްސަނެވެ.

ވީމާ، ޤާނޫނު ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބ. ދޮންފަނު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް، ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލި، ބ. ދޮންފަން، އާވާޒް، ޢަބްދުﷲ އަޙްސަން، ބ. ދޮންފަނު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

23 ރަބީޢުލްއައްވަލް 1436

14 ޖަނަވަރީ 2015
ހޯދާ