ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ލިޔެކިޔުމުގެ ބައެއް ސާމާނު ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލަށް ލިޔެކިޔުމުގެ ބައެއް ސާމާނު ގަންނަން ބޭނުންވެއެވެ.

ވީމާ، މި ސްކޫލުން އަރުވާ މަޢުލޫމާތާ އެއްގޮތަށް ސްކޫލަށް ގަންނަން ބޭނުންވާ ތަކެތި ވިއްކަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

15 ޖަނަވަރީ 2015
ހޯދާ