މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
35 މީހުންނަށް ސަޔާއި ކެއުން ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދަން

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ – 16 ވަނަ ބުރު (08 ފެބުރުވަރީ 2015 އިން 12 ފެބުރުވަރީ 2015 އަށް) ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ، މިޓްރެއިނިންގ ޕްރޮގްރާމް ކުރިޔަށްދާ ދުވަސްތަކުގައި 35 މީހުންނަށް ސަޔާއި ކެއުން ތައްޔާރު ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015
ހޯދާ