މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކު:

ޖީ. އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާ

ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް / މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާ

މުސާރަ:

 -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

 -/1,500 ރުފިޔާ

ބޭނުންވާ އަދަދު:       

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

 1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1.  ސިޓީ، މެސެޖުފަދަ ތަކެތި ލިއުމާއި، އިދާރާއަށް ލިބޭ ތަކެތި ދުވަހުން ދުވަހަށް ބަލައިގަނެ، އެ ތަކެތި އެންޓްރީކުރުން.
 2. ފޯންކޯލްތަކަށް ޖަވާބުދިނުން.
 3. ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ރިޕޯޓްތައް ރެކޯޑްކޮށް ބެލެހެއްޓުމާއި، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
 4. އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
 5. އިދާރާއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިއުންތައް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 6. އިދާރާއިން ކުރަންޖެހޭ އިޢުލާންތަކާއި އެންގުންތަކާއި،  ޢާއްމު ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އިދާރާގެ އިދާރީ އިސްވެރިޔާ އަންގާގޮތެއްގެމަތިން  އެންގުމަށް ކުރަންޖެހޭނެ އެންމެހައި ކަންކަންކޮށް ބެލެހެއްޓުން.
 7. އިދާރާގެ އިދާރީ އެންމެހައި ލިއުންތައް، ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ފައިލްކޮށް ބެލެހެއްޓުން.
 8. މި މޫނަސް، އިދާރީގޮތުން ކުރަންޖެހިދާނެ އެންމެހައި މަސައްކަތްތައް، އިދާރާގެ އިދާރީ އިސްވެރިޔާ އަންގާގޮތެއްގެ މަތިން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު.
 2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
 3. ލިބިފައިވާ ހުނަރު.

އިންޓަރވިއުއާއި ޕުރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ، މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއު އޮންނަތަނާއި ތާރީޚާއި ގަޑި ފަހުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

 • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
 • މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 4. މަސައްކަތުގެތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)

ނޯޓު:

މި މަޤާމަށް މީހަކު ހޯދުމަށް، 3 ޖޫން 2014 ގައި މި އިދާރާއިން ކުރި ނަންބަރު IUL)337/2014/11) ގެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 6640073 ނަންބަރު ފޯނަށް ގުޅުމުން އެ މަޢުލޫމާތެއް ލިބޭނެއެވެ. ފެކްސް ނަންބަރަކީ 6640073 އެވެ. އީމެއިލް އެޑްރެހަކީ k.mafushiofice@hotmail.com އެވެ.

20 ރަބީޢުލްއައްޥަލް 1436

11 ޖަނަވަރީ 2015
ހޯދާ