މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

މަޤާމް:އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ: ނ. ވެލިދޫ ކައުންސިލްގެ އިދާރާ 

ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ނ. ވެލިދޫ ކައުންސިލްގެ އިދާރާ  

މަޤާމުގެ ގިންތި: ވަގުތީ (މި މަޤާމަށް ހަމަޖައްސާ ވަގުތީ މުވައްޒަފް ގެންގުޅެވޭނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.)                

މަޤާމުގެ މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ބޭނުންވާ ޢަދަދު: 1   

މަޤާމުގެ ޝަރުތުތައް: 

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑްލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި، ސަރުކާރުން ރަށުގައި ހިންގާ ޕްރޮޖެކްތައް މޮނިޓަރކުރުން.
  2. ބީލަމުގެ އުޞޫލުން ކުރަންޖެހޭ އެންމެހައި ކަންކަން، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ކުރުން.
  3. އަތޮޅުގެ ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތަކަށް ފަންޑްހޯދުމަށް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  4. ކައުންސިލްގެ އިދާރާއާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުން.
  5. ރަށުގެ ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ހޯދައި، އެފަރާތްތަކާއެކު އެގްރިމެންޓްތައް ހެދުން.
  6. ކައުންސިލްގެ އިދާރާއާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހައި ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުން.
  7. ރަށުކައުންސިލްގެ އިދާރާގެ ބޭނުމަށް ހޯދަންޖެހޭ މުދަލާއި ތަކެތި ހޯދުމަށް މާލިއްޔަތު ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން އަގުބެލުމާއި، އޯޑަރު ފޮނުވުމާއި، އެތަކެތި ހޯދުމާބެހޭ އެންމެހައި ކަންކަން ކުރުމަށްފަހު، ހޯދޭ ތަކެތީގެ ސްޓޮކް ބަލަހައްޓާ ޔުނިޓަށް ފޯރުކޮށްދިނުން.
  8. ރަށުގެތަރައްޤީގެ ޕްލޭނުގައި ހިމެނޭ މަޝްރޫޢުތައް ހިންގުން.
  9. ކައުންސިލްގެ އިދާރާއާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް މަރާމާތުކުރުމާބެހޭ އެންމެހައި ކަންކަން ކުރުން.
  10. ޔުނިޓުން ނިމޭ މައްސަލަތައް ދުވަހުން ދުވަހަށް ރައްކާތެރިކަމާއެކު ފައިލްކުރުން.
  11. ޔުނިޓުގެ މައްސަލަ ރަޖިސްޓްރީއާއި، ޔައުމިއްޔާ ނޯޓް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
  12. ސެކްޝަން / ޔުނިޓުން ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ލިޔެކިޔުންތައް ލިޔުމާއި، ލިޔެކިޔުންތައް ބެލެހެއްޓުން.
  13. ޔުނިޓުން ފޮނުވަންޖެހޭ ލިޔެކިޔުންތައް މެއިލްކުރުމާއި، ފެކްސްކުރުން.
  14. އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތުތަކާއި، ބާއްވާ ވާކްޝޮޕްފަދަ ކަންކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަމާއި އިންތިޒާމްތައް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- އިކޮނޮމިކްގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ.

- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މިންވަރު.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.

 

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 2015 ޖަނަވަރީމަހުގެ މެދުތެރޭގެ ތާރީޚެއްގައި ވެލިދޫ ކައުންސިލްގެ އިދާރާގައެވެ.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 ޖަނަވަރީ 15 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުންއެދެމެވެ.

 އުޖޫރައާއި ޢިނާޔަތްތައް:

ކައުންސިލް އިދާރާއިން ހަމަޖައްސާފައި އޮންނަ އުޞޫލާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސް ކޮމިޝަނުން  ކަނޑައަޅާފައިވާ އެލަވެންސާއި ޢިނާޔަތް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mvއިން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) 
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރާނީ [email protected] އަށެވެ.

15 ރަބީޢުލްއައްޥަލް 1436  

06 ޖަނަވަރީ 2015
ހޯދާ