ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މި ކޯޓަށް އެސިސްޓެންޓް ލީގަލް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް 29 ސެޕްޓެންބަރު 2014 ގައި ކުރި ނަންބަރު  R1C-2014/02 ގެ އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް:

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: LS2

ޢާއްމުކޮށް ވަޒީފާ އަދާކުރަންޖެހޭ ކޯޓު

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

9,412.00 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

މި މަޤާމަށްލިބޭ އެހެނިހެން ޢިނާޔަތްތަކާއި އެލަވަންސް:

- ސަރވިސް އެލަވަންސް 3,000.00 (ތިންހާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ 50% (ފަންސާސް އިންސައްތަ)

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢަތާއި ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިއުންތައް:

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

- ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ ވީ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އެޓެސްޓްކޮށްފައި)

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި)

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިއުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި)

ސުންގަޑި:

2015 ޖަނަވަރީ 12 ވާ ހޯމަދުވަހުގެ 1500 ގެ ކުރިން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށހަޅާފައިވާ ފަރާތްތަކުގެތެރޭން އިންޓަވިއުއަށް ކިޔާނީ، ހަމައެކަނި ޝަޠުފުރިހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ މީހުންނަށް އެކަންޏެވެ.
  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.judiciary.gov.mv) ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
    14 ރަބީޢުލްއައްޥަލް 1436

 

05 ޖަނަވަރީ 2015
ހޯދާ