މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  (ޖީ.އެސް 3)

ބޭނުންވާ އަދަދު:

1

މުސާރަ:

-/4,465 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ. މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން      

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަންރިސޯސް، ބިޒްނަސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އެހީ ދެއްވައިގެން ކުރިއަށްގެންދާ މަޝްރޫޢުތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންތައް ޑިވިޝަންގެ 'އޮޕަރޭޝަންސް މެނުއަލް'ގައިވާ ގޮތަށް ރާވައި ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތުގައި، ޑިވިޝަންގެ އިދާރީ ކަންތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތުގެ ގޮތުގައިވާ އެންމެހާ ކަންތައް ކުރުން
  • ޑިވިޜަނަށް އަންނަ ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމާއި، މިމަޢުލޫމާތު އެންޓްރީކޮށް، ފައިލް ކުރަންޖެހޭ ތަކެތި ފައިލްކޮށް ބެލެހެއްޓުން.
  • ޑިވިޜަނާއި އަދި އެހެނިހެން ފަރާތްތަކުން ރާވާ ބައްދަލުވުންތަކާއި، ޑިވިޜަނުގެ ހެޑަކަށް އެވަގުތު ހުންނަވާ ވެރިއެއް (ނުވަތަ ވެރިންގެ) ބައްދަލުވުންތަކުގެ ޝެޑިއުލް ބެލެހެއްޓުމާއި، މި ބައްދަލުވުންތަކުގެ މަޢުލޫމާތު އެވެރިޔަކަށް އެރުވުން.
  • ޑިވިޜަނުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ބޭނުންވާ ޖަލްސާކުރާ ކޮޓަރި ތައްޔާރުކުރުމާއި، ސައިގެ ކަންތައް ހަމަޖެއްސުމާއި، އަދި ބައްދަލުވުމުގެ ބޭފުޅުންގެ މަޢުލޫމާތު ބެލެހެއްޓުމާއި، ގަޑިތައް ބަހާލެވިފައިވާގޮތް ބެލެހެއްޓުން.
  • ޑިވިޝަންގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި، ހޯދޭ ތަކެތި ބެލެހެއްޓުން.
  • ދައުލަތުގެ ބަޖެޓަށް މި ޑިވިޜަނުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ތައްޔާރުކުރުމުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން
  • އަހަރީ ރިޕޯޓު ހެދުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ރިޕޯޓު ތައްޔާރުކޮށް އެޑްމިންއަށް ހުށަހެޅުން
  • ޑިވިޜަންގެ މުވައްޒަފުންގެ ލީވް ކަލަންޑަރާއި، މިޝަން ކަލަންޑަރ އަޕްޑޭޓްކޮށް ބެލެހެއްޓުން

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

15 ޖަނަވަރީ 2015 (ބުރާސްފަތި) ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/ 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 15 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލްއާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

9 ރަބީޢުލްއައްވަލް 1436

31 ޑިސެންބަރު 2014
ހޯދާ