މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮޖެކްޓް ޑިރެކްޓަރ

އިޢުލާން

ސަޢޫދީ ފަންޑް ފޫރ ޑިވެލޮޕްމަންޓާއި އޮފިޑުގެ ލޯން އެހީގެ ދަށުން ސ.ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމިކުރުމަށް ދިވެހިސަރުކާރާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މިމަޝްރޫޢުގައި މަސައްކަތްކުރުމަށް ކޮންސަލްޓެންޓް ސްޓާފުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްރޮޖެކްޓް ޑިރެކްޓަރުކަމުގެ މަޤާމަށް ހޮވޭ ޤާބިލު މުވައްޒަފަށް ކަނޑައެޅިފައިވާ އުސޫލުން މުސާރަ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މަޤާމު: ޕްރޮޖެކްޓް ޑިރެކްޓަރ

މައިގަނޑު މަޤުޞަދު:

މި ކޮންސަލްޓެންސީން ހާސިލުކުރުމަށް ބޭނުންވާ މައިގަނޑު މަޤުޞަދަކީ، ޕްރޮޖެކްޓްގެ ދަށުން ޤާއިމް ކުރެވޭ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އެމް.ޔޫ) މެނޭޖްކުރުމާއި ޕްރޮޖެކްޓްގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުމެވެ. މީގެ އިތުރުން ޕްރޮޖެކްޓްގެ ޕްރޮގްރެސް މޮނިޓަރކޮށް ބަލަހައްޓައި ޕްރޮޖެކްޓް ކޯޑިނޭޓްކޮށް ކުރިއަށް ގެންދިއުމުގައި ކޮންސްޓްރަކްޝަން އުސޫލާ އެއްގޮތަށް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަނިވި ގޮތަށް ކުރިއަށް ގެންދިއުމެވެ.

މުއްދަތު:

މި ކޮންސަލްޓެންސީގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. ނަމަވެސް، ކޮންޓްރެކްޓް ކުރެވޭނީ ޕްރޮޖެކްޓް ކުރެވޭ މުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ މުވައްޒަފެއްގެ ގޮތުގައެވެ.

ފެންވަރު ނުވަތަ ޝަރުޠު:

- ޕްރޮޖެކްޓް މެނޭޖްމަންޓު ނުވަތަ ސިވިލް އިންޖިނިއަރިންގ ޑިގްރީއެއް ހާސިލުކޮށްފައިވުން.

- ދާއިރާއާއި ގުޅުންހުރި 50 މިލިއަން ރުފިޔާއަށްވުރެ ކުރުނޫން ޕްރޮޖެކްޓް މެނޭޖްކުރުމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުމާއި މީގެ އިތުރުންވެސް މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އެސް.އެފް.ޑީ/އޮފިޑް ޕްރޮކިއުމަންޓާއި ޑިސްބާރސްމަންޓް  ގައިޑްލައިންސް ނުވަތަ މިފަދަ އެހެނިހެން ޑޯނަރ އެޖެންސީތަކުގެ ގައިޑް ލައިންސްތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަން ދެވޭނެ.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުގެތެރޭގައި މަސައްތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.

- މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖްގެ (އެމް.އެސް.ޕްރޮޖެކްޓް ، ފަވަރ ފޮއިންޓް،އެކްސެލް އަދި ވާރޑް) ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.        

ވަޒީފާއަށް އެންމެ ޤާބިލު މީހުން ހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ސަރުކާރުގެ އިސް ވެރިންނާ އަދި އާންމު ފަރާތްތަކާއި މުޢާމަލާތު ކުރުމުގެ ޤާބިލުކަން ހުރުން،
  • މަސައްކަތާ ގުޅުންހުރި ފަރާތްތަކާއި ބައިވެރިން ކުރިއެރުވުމުގައި ވެވިފައިވާ އެއްބަސްވުންތައް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަނިވި ގޮތުގައި ތަންފީޛު ކުރުމުގެ ޤާބިލުކަން ހުރުން.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޕްރޮޖެކްޓް ޑިރެކްޓަރ ކަމުގެ މަޤާމަށް އެކަށީގެންވާ ޤާބިލު ފަރާތްތަކަށް ފުރުޞަތު އަރުވަމެވެ. ޝައުޤުވެރިވާ ފަރާތްތައް 12 ޖަނަވަރީ 2015 ވަނަ ދުވަހުގެ 14.30 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. .އެޕްލިކޭޝަނާއެކު ސީ.ވީ. އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތައް އަދި މަސައްކަތުގެ ތަޖްރިބާއާ ގުޅޭ އެންމެހައި ލިޔެކިއުންތައް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި ޢަމަލުކުރާނީ އެސް.އެފް.ޑީ/އޯފިޑް ގައިޑް ލައިންސް ގައިވާ އުސޫލާ އެއްގޮތަށެވެ. މި ވަޒީފާއާގުޅޭ " ޓާރމްސް އޮފް ރެފަރެންސް" (ޓީ.އޯ.ރ) ބޭނުންފުޅުވާ ފަރާތްތަކުން، މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

މިނިސްޓްރީ އޮފް ހެލްތު

ރޯޝަނީ ބިލްޑިންގ، ސޯސަންމަގު

މާލެ، ދިވެހިރާއްޖެ

ފޯން: 3014437

ވެބްސައިޓް: www.health.gov.mv

                 

30 ޑިސެންބަރު 2014
ހޯދާ