ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

އީ.އެކްސް 1

މަޤާމު:

ރޭންކް:

ޑިރެކްޓަރ

ކްލެސިފިކޭޝަން

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

-

އޮފީސް / އިދާރާ

ސެކްޝަން

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / ހއ. ކެލާ

8,835.00 ރުފިޔާ

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ ޢަދަދު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން އިދާރާގެ ހުރިހާ މަސައްކަތަކާއި ޒިންމާވެ ޤާނޫނާއި ގަވާއިދުން އެ މަސައްކަތްތައް އެކަމެއްގެ އެންމެ ފުރިހަމަ ވަގުތުގައި ފަރުވާތެރިކަމާއެކު ބަރާބަރަށް ކުރުވުމާއި ކުރެއްވުން.
  3. ކައުންސިލް އިދާރާގެ ފައިސާއާއި (ކައުންސިލްގެ އިދާރާގެ އެންމެހައި ފައިސާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ރައްޔިތުންގެ އެންމެހައި ފައިސާ) ގުޅޭގޮތުން ހިނގާ ނުވަތަ ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކައުންސިލުން އަންގަވާ ގޮތެއްގެ މަތިން މާލިއްޔަތު ޤާނުނާއި އެއްގޮތަށް ކުރުވުން.
  4. ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހައި މުދަލާއި ތަކެތި ބެލެހެއްޓުމާއި، ސަރުކާރާއި ރައްޔިތުންގެ ތަކެއްޗާއި މުދަލާއި ތަންތަނުގެ އިންވެންޓްރީ އަދި ސްޓޮކް ބެލެހެއްޓުމުގެ ގޮތުން އެންމެހައި މަސައްކަތް ކުރުވުން.
  5. އިޖުތިމާޢީ ސަރަހައްދުތަކުގެ (ބަނދަރާއި މަގު / ގޯޅިތަކާއި ނެރުކަނޑިންމަ އަދި ފާލަމާއި އަތިރިމައްޗާއި ކުޅިވަރުކުޅޭ ބިންތަކާއި ޕާކްފަދަ ތަންތަނުގެ) ބައްތިތައް ޖެހުމާއި އެތަކެތި ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން.
  6. ރުއްގަހަށް ބަދަލުދިނުމާއި އަދި ނީލަން ކިޔުމާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރުމާއި ކުރުވުމާއި ބެލެހެއްޓުވުން.
  7. ކައުންސިލްގެ އިދާރާއިން ހިންގާ ހަރަކާތްތަކާއި ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން އަންދާސީހިސާބު ބޭނުންވާ ކަންކަމުގައި އެކަމަށްޓަކައި މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ކުރަންޖެހޭ އެންމެހައި ކަންކަން (އިޢުލާންކުރުމާއި، މަޢްލޫމާތު ދެއްވުމާއި، ބިޑް ބަލައިގަތުމާއި، އިވެލުއޭޓް ކުރުމާއި އެއްބަސްވުން ހަދައި މަސައްކަތް ހަވާލުކުރުމާއި) ކުރުވުން.
  8. ކައުންސިލްގެ ބަޖެޓް ހަދައި ހުށަހަޅަންޖެހޭ މުއްދަތަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އެކަމާ ގުޅޭ އެންމެހައި ކަންކަން ކުރުވުން.
  9. ކައުންސިލްގެ އިދާރާގެ އެންމެހައި މުވައްޒަފުންނާއި ގުޅޭ އެންމެހައި ކަންކަން ކުރުވުން.
  10. އިދާރާގެ ބެލުމުގެ ދަށުން ރަށުގައި ހިނގާ ހުރިހާ މަސައްކަތްތައް ކުރުވުން އަދި މި ނޫންވެސް ސެކްޝަންތަކުންދޭ އެންމެހައި ޚިދުމަތްތައް އެކަމެއް ކުރައްވާ މުވައްޒަފުން ލައްވައި ބަރާބަރަށް ކުރުވުން.
  11. މީގެއިތުރުންވެސް މި އިދާރާއިން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އެ ވަގުތަކު ކުރަންވަން ޖެހިލައްވާ ކަންކަން ކުރެއްވުން.
  12. ކައުންސިލްގެ އިދާރާގެ މެންޑޭޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިޢާޔަތްކޮށް ކައުންސިލްގެ އިދާރާގެ ސްރެޓެޖިކް އެކްޝަން ޕްލޭނާއި ކައުންސިލް އިދާރާއިން ހިންގުމަށް ރާވާ ޕްރޮޖެކްޓްތައް އެކުލަވާލުން.
  13. ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް އިދާރާގެ އެންމެހައި ކަންކަމާ ގުޅޭ ގޮތުން ދިރާސާކޮށް ކައުންސިލަށް އަރުވަންޖެހޭ ލަފާ އެރުވުން.
  14. ކައުންސިލްގެ އިދާރާގެ އިންޓަރނަލް ޕްރޮސީޖާތަކާއި ޚިދުމަތް ދިނުމަށް އެކަށައަޅަންޖެހޭ ޕްރޮސީޖާތަކާއި ގަވާއިދުތައް އެކުލަވައިލުން.
  15. ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި ޢަމަލު ކުރަންޖެހޭ އެހެނިހެން ގަވާއިދުތަކާއި އުސޫލުތައް އަންގައިދީ އެ ގަވާއިދުތަކާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް މަސައްކަތް ބައްޓަންކޮށް މުވައްޒަފުންގެ މަސައްކަތް ގަވާއިދުން ސުޕަވައިޒްކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

  • ލިބިފައިވާ ތައުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު
  • އިމްތިޙާނު
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ޖަނަވަރީ 21 އާ 2015 ފެބުރުވަރީ 3 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގޭ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

އިންޓަރވިއު،  އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

2015 ޖަނަވަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް  ބަލައިގަނެވޭނެ އެވެ. (އީމެއިލް:[email protected]  / ފެކްސް ނަންބަރު:3303648)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވަހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އުޖޫރައާއި ޢިނާޔަތްތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

9 ރަބީޢުލްއައްވަލް 1436

31 ޑިސެންބަރު 2014
ހޯދާ