ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުއްދަތު

3 މަސްދުވަސް

އަދަދު

2

މުސާރަ

- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް /-270 ރުފިޔާ (ދުވާލަކު 7 ގަޑިއިރު) 

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

- އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތް

1- އޮފީހުގެ ރަސްމީ ގަޑިތަކުގައި ކައުންޓަރގައި އިނުމާއި، ކައުންޓަރަށް އަންނަ ފޯންކޯލުތަކަށް ޖަވާބުދިނުން.

2- އޮފީހުގެ ވެރިންނާ ބައްދަލުކުރުމަށް އަންނަ ފަރާތްތަކަށް، އެކަމުގެ އިންތިޒާމު ހަމަޖެއްސުން.

3- އޮފީހަށް ލިބޭ ލިޔެކިޔުންތައް ބަލައިގަތުން.

4- އޮފީހަށް ލިބޭ ލިޔުންތައް އެންޓްރީކޮށް، ސެކްޝަންތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން.

5- އެކިއެކި ކަންކަމާ ގުޅޭގޮތުން، މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން.

6- ރަސްމީ ލިޔުންތައް ޑިސްޕެޗްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

7- ސިޓީއާއި ނޯޓުފަދަ ރަސްމީ ލިޔުންތަކަށް ޖެމްސްޗެކްކޮށް، ނަންބަރު ޖެހުން.

8- އެޑްމިން މެއިލް ޗެކްކޮށް، ލިބޭ މެއިލްތައް ލިބެންވާ ފަރާތްތަކަށް ފޮނުވުން (އޯވަރސީޒް ސުޓޫޓަންޑަންޓްސް، ސޮކްލަރސިޕް، އެހެނިހެން)

9- އޮފީހުގެ އެންޓްރީ ރެކޯޑް ބެލެހެއްޓުން.

10- ފެކްސްކުރުމާއި، ފޮޓޯކޮޕީ ނެގުމާއި، ޓައިޕްކުރަންޖެހޭ ލިޔުންތައް ޓައިޕްކުރުން.

11- ޑިސްޕެޗް ކުރަންޖެހޭ ލިޔުންތަކަށް ޖެމްސް ތެރެއިން ނަންބަރުޖަހައި، ޑިސްޕެޗްކުރުން.

12- އޮފީހަށް އެދުވަހެއްގައި ލިބޭ ލިޔެކިޔުންތަކާއި، އޮފީހުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން ރަސްމީގަނޑި ނިމޭއިރު ޢަމަލު ނުކުރެވިހުރި ލިޔުންތައް، ރައްކާތެރިކަމާއެކު ވަތްގަނޑަށްލައި ތަޅުލުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދިނުން.

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި، އިންޓަވިއުކުރުން.

ހުށަހަޅަންޖެހޭ ތަކެތި

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.

ބ- މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށްޓަކައި މަސައްކަތްކޮށްވާފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި ތާރީޚާއި، ވަޒީފާއިން ވަކިވެފައިވާނަމަ، ވަކިވި ދުވަހާއި މަހާއި، އަހަރު އެނގެން އޮންނަންވާނެއެވެ.

ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ސުންގަޑި

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 5 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

އިންޓަވިއު

މިކަމަށްއެދި ހުށަހަޅާފަރާތްތަކާ ކުރެވޭ އިންޓަވިއު އޮންނާނީ، 2015 ޖަނަވަރީ 6 އާއި 8 އާ ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރަކީ 3341307،3341303 އެވެ.

03 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރު 2014
ހޯދާ