ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ހޯލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މިޑިޕާޓްމަންޓުން ބާއްވާ އެކިއެކި އިމްތިޙާންތަކާއި ވާރކްޝޮޕްތައް ބޭއްވުމަށް ބޭނުންވާ ހޯލްތައް 2014 ޑިސެންބަރު 1 ވަނަ ދުވަހު ކުރި ނަންބަރު IUL)120/1/2014/77) އިޢުލާނާ ގުޅިގެން، މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ދުވަސް، ސަރުކާރު ބަންދު ދުވަހަކަށް ވުމުން، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ޑިސެންބަރު 29 ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖަނަވަރީ 4 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 6 ވަނަ ފަންގިފިލާގައެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ