ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ސަބްޖެކްޓް މެޓީރިއަލްސް ތައްޔާރު ކުރުމަށް

ސަބްޖެކްޓް މެޓީރިއަލްސް ތައްޔާރު ކުރުމަށް ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ހިންގާ މެޑިކަލް ލެބޯޓްރީ ސައިންސް ކޯހުގެ މާއްދާއެއް ކަމަށްވާ "އިމިއުނޮލޮޖީ" ކިޔަވައިދިނުމަށް ބޭނުންކުރާނެ މެޓީރިއަލްސް ލިޔުމުގެ މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް ކުރެވުނު އިޢުލާން ނަންބަރު: MED-153-FHS/2014/25ފ(04 ޑިސެންބަރު 2014) އިން މަޢުލޫމާތު ސާފުކުރުން އޮތް ދުވަހަކީ ބަންދު ދުވަހަކަށްވީތީ، އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ޑިސެންބަރު 2014 ވާ ހޯމަދުވަހުގެ 14:00 އަށް މިފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25ޑިސެމްބަރު2014 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ ފަހުން މަޢުލޫމާތު ކަރުދާސް ގެންދަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

18 ޑިސެންބަރު 2014
ހޯދާ