މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފެނުގައި ގަސް އިންދުމުގެ ނިޒާމާއި ޓްރަފް ނިޒާމަށް ބޭނުންވާ އާލާތް ހޯދަން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ހއ.ހޯރަފުށި، ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގައި ގަސް އިންދުމުގެ ނިޒާމާއި ޓްރަފް ނިޒާމަށް ބޭނުންވާ އާލާތް ހޯދަން ކުރި ނަންބަރު އިޢުލާން IUL)30-G/1/2014/120) އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ޢާންމުކޮށް އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޑިސެންބަރު 2014 (ބުދަ) ދުވަހުގެ 14:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، ކޮންފަރެންސް ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު 29 ޑިސެންބަރު 2014 ވަނަ ދުވަހުގެ 14:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓް ވޭވް، މޫންލައިޓް ހިނގުން، ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް ގުއްޅުއްވުން އެދެމެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ