އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ބީބްލޮކް އިމާރާތުގެ އެއްވަނަ އަދި ދެވަނަބުރީގެ ފާޚާނާތައް މަރާމާތުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ބީބްލޮކް އިމާރާތުގެ އެއްވަނަ އަދި ދެވަނަބުރީގެ ފާޚާނާތައް މަރާމާތުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިން ކުރެވުނު މި ސްކޫލުގެ ނަންބަރު IS-B/2014/31 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެތެރެއިން ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިވަނީ އެންމެ ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

09 ޞަފަރު 1436

01 ޑިސެންބަރު 2014
ހޯދާ