މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިވަން 50 އާ ގުޅޭ ވެބްސައިޓަކާއި، މޮބައިލް ދެ އެޕްލިކޭޝަން ހެދުމަށް

2015 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ އަހަރު ކަމުގައިވާތީ، މިކަމާ ގުޅޭ މަޢުލޫމާތުތައް ފެތުރުމަށްޓަކައި މިނިވަން 50 އާ ގުޅޭ ވެބްސައިޓަކާއި، މޮބައިލް ދެ އެޕްލިކޭޝަން ހެދުމަށް ބޭނުންވާތީ، މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަން ކޮށްދޭން ބޭނުންވާ ފަރާތްތަކުން 01 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

01 ޞަފަރު 1436

23 ނޮވެންބަރު 2014
ހޯދާ