އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ އެކި އަވަށްތަކުގައިހުރި ބޭނުންނުކޮށް ހުރި އުޅަނދުފަހަރު ނައްތާލުމާގުޅޭ

އައްޑޫސިޓީގެ އެކިއެކި އަވަށްތަކުގެ ބަނދަރުތަކަށް ފެތިފައިވާ އުޅަނދުތަކާއި އެކި އަވަށްތަކުގެ އެކި ސަރަޙައްދުގައި އަޅާލާނެ އެއްވެސް ފަރާތެއް ނެތި ވީރާނާވަމުންދާ އުޅަނދުފަހަރު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ނަގައި، މި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް މިއިދާރާއިން ކުރުމަށް ވަނީ ގަސްދު ކުރެވިފައެވެ. މިދެންނެވުނު އުޅަނދުތައް ނެގުމަށް އަވަށުއޮފީސްތަކުން ކުރެވުނު މަސައްކަތަށް އުޅަނުތަކުގެ ވެރިންގެ ފަރާތުން އެއްބާރުލެއްވުން ލިބިފައިނުވާކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ.

އެހެންކަމުން, މިސިޓީގެ އަވަށްތަކުގެ ބަނދަރުތަކަށް ފެތިފައިވާ އުޅަނދުފަހަރާއި ސިޓީގެ އެކި އަވަށްތަކުގެ އެކި ސަރަޙައްދުތަކުގައި ހުރި މަތީގައި ދެންނެވުނު ފަދަ އުޅަނދުތައް، މި އުޅަނދުތަކުގެ ވެރިފަރާތުން މިއަދުން ފެށިގެން 15 ( ފަނަރަ ) ދުވަހުގެ ތެރޭގައި ނެންގެވުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

މިދެންނެވި މުއްދަތުގެ ފަހުން ނުނަގާ ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް މި އިދާރާއިން ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައިވާތީ މިވާހަކަވެސް ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ