މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައި ދިނުމަށާއި ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމާއި، ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތަކެވެ. މިސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނަށް އެދި ފޯމާއި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު 20 އޮކްޓޫބަރު 2014 އިން ފެށިގެން 20 ނޮވެންބަރު 2014 ގެ ނިޔަލަށް ޢާންމުކޮށް ވާނީ ހުޅުވާލެވިފައެވެ.

އެހެންނަމަވެސް ލޯނަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ގިނަ އަދަދެއްގެ ދަނޑުވެރިން އެދެމުންދާތީ، ލޯނަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު 11 ޑިސެންބަރު 2014 ގެ ނިޔަލަށް އިތުރު ކުރެވިފައިވާކަން އިއުލާން ކުރަމެވެ.

މިފިޔަވަހީގެ ދަށުން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ތަކެތިން ކާނާގެ ބާވަތްތައް (ވެލިއު އެޑިޝަން) އުފެއްދުމަށާއި ކުޑަ ބިންކޮޅެއްގައި އައު ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޒަމާނީ ދަނޑުވެރިކަން ތަޢާރުފު ކުރުމަށެވެ.

މިލޯން ސްކީމާ ގުޅޭ އިތުރު މައުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އަދި 3339248 އާއި 3339238 ގުޅުއްވުމުން ލިބި ވަޑައިގަންނަވާނެއެވެ.

24 މުޙައްރަމް 1436

17 ނޮވެންބަރު 2014
ހޯދާ