ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުސަތު

މަޤާމު: އެސިސްޓަންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު: 1

ރޭންކް: އެމް.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން 

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ލޯން ސެކްޝަން، ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ލޯން ސެކްޝަނުގެ މުވައްޒަފުންނަށް ލަފަޔާއި އިރުޝާދުދީގެން، ތިރީގައިމިވާ ލޯންސްކީމްތަކުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް، ސުންގަޑި ހަމަވުމުގެ ކުރިން އެވޯޑްކޮށް، ފުރުސަތު ނުގެއްލޭނެގޮތުގެމަތިން ސެކްޝަނުގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަގޮތެއްގައި މަސައްކަތްތައް ހަވާލުކޮށް، ލޯނާބެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގުން.
  2. ލޯންސެކްޝަނުން ދޫކުރެވިފައިވާ ލޯންތަކާއި، އަލަށް ދޫކުރެވޭ ލޯންތައް ދޫކުރެވެމުންދަނީ ކަނޑައެޅިފައިވާ ގަވާއިދާ އެއްގޮތަށް ރަނގަޅު އަދަދަށްކަން ޗެކްކޮށް ބަލައި ކަށަވަރުކުރުން.
  3. ލޯނުގެ ދަށުން ކިޔަވަންދާ ހުރިހާ ދަރިވަރުންނަށްވެސް ލޯންދޫކުރުމުގެ ކުރިން ޤައުމަށް ޚިދުމަތްކުރުމުގެ އިޤުރާރުގައި ސޮއިކުރިކަން ކަށަވަރުކުރުމާއި، ދަރިވަރުން ލޯނު ނުދައްކައިފިނަމަ އަނބުރާ ދައްކަން އާއިލާގެ ފަރާތަކުން އެއްބަސްވާކަން ކަށަވަރުކުރުން.
  4. ލޯނުގެ ފުރުސަތު އަލަށް ހުޅުވާލެވޭއިރު ސިލެކްޝަން ހެދުމުގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ޕޮއިންޓް ދެވޭކަން ކަށަވަރުވާނޭ ގޮތެއްގެމަތިން އެ މަސައްކަތް ރާވައި ހިންގައި އެކަން ކަށަވަރުކުރުން.
  5. ލޯން ސެކްޝަނުން ކުރެވޭ ހުރިހާ އިޢުލާނުތަކާއި ވެބްސައިޓަށް އަޕްލޯޑްކުރެވޭ ތަކެތި ބަލައި ޗެކްކޮށް ކުށެއް ނެތްކަން ކަށަވަރުކުރުން.
  6. ލޯނު ސެކްޝަނަށް އަންނަ ހުރިހާ ސިޓީއެއްވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދެވޭކަން ކަށަވަރުކުރުން.
  7. ލޯނު ސެކްޝަނުން ކޮންމެ އަހަރަކުވެސް ދޫކުރެވޭ ލޯންތަކާބެހޭ ތަފާސްހިސާބު ބެލެހެއްޓުން.
  8. ލޯނުގެގޮތުގައި ހިނގާ ޚަރަދުގެ ތަފްސީލްތައް ރާއްޖެއާއި ރާއްޖެއިންބޭރުގެ ހިސާބުތައް އެނގޭނެހެން ކޮންމެ އަހަރަކު ވަކިން ބަލަހައްޓައި، ސްޓެޓިސްކްސް ސެކްޝަނުން އެދޭ ފޯމެޓަށް އެފަރާތަށް ފޯރުކޮށްދިނުން.
  9. ލޯނުގެ ދަށުން ކިޔަވަންދާ ދަރިވަރުން ކިޔަވައި ނިމުމާ ހަމައަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.
  10. ކިޔަވައި ނިމިގެން އަންނަ ދަރިވަރުން އަނބުރާ ދައްކަންޖެހޭ ފައިސާ ގަވާއިދުން ބެންކުން ހޯދަމުންދޭތޯ ބަލައި ކަށަވަރުކުރުން.
  11. ލޯނު ފުރުސަތު ދޫކޮށްލުމުން ޢަމަލުކުރަންޖެހޭ ގޮތުގެމަތީން ފިޔަވަޅުއަޅާކަން ކަށަވަރުކުރުން.
  12. ލޯނުގެ މައްސަލަތަކުގައި ޑިޕާޓްމަންޓަށް އަންނަ ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް، އިސްވެރިންނާ މަޝްވަރާކޮށްގެން މައްސަލަތައް ޙައްލުކޮށްދިނުން.
  13. ލޯނު ސެކްޝަނުން ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރަން ކުރެވިދާނެ ކަންތައް ފާހަގަކޮށް ވެރިންނަށް ފޯރުކޮށްދިނުން.
  14. އިސްވެ ބުނެވިފައިވާ ކަންކަމުގެ އިތުރުންވެސް، ކުއްލިޙާލަތުގައި ދިމާވާ އޮފީހުގެ އެކިއެކި މަސައްކަތްތައް ކުރުމާއި، ހަވާލުވެފައިވާ މަސައްކަތްތައް ޒިންމާދާރުކަމާއެކު ކުރުމާއި، މުވައްޒަފުންގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ސިވިލް ސަރވިސްގެ ޤަވާޢިދުތަކާ އެއްގޮތަށް މަސައްކަތުގެ އަޚުލާޤް ބެހެއްޓުން.

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3.  އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން.

- އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2014 ޑިސެންބަރު 7 އާއި 11 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާރޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދިތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ-  މަސައްކަތުގެ ތަޖުރިބާ އށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި މި ލިޔުންތަކުގައި، ވަޒީފާ އަދާކުރަން ފެށި ތާރީޚާއި، ވަޒީފާއިން ވަކިވެފައިވާނަމަ، ވަކިވި ތާރީޚު އެނގެން އޮންނަންވާނެއެވެ.

ޅ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)            

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެމްބަރު 26 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ ނަންބަރު 3341303 ފޯނަށް ގުޅުން އެދެމެވެ. 

20 މުޙައްރަމް 1436

13 ނޮވެންބަރު 2014
ހޯދާ