ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުސަތު

މަޤާމު: އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1

މަޤާމުގެ ނަންބަރު: 231661

ކުލެސިފިކޭޝަން: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 2  

ސަރވިސް:

ރޭންކް: އެމް.އެސް 2

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް: ގެމަނަފުށި ސްކޫލް، ގއ. ގެމަނަފުށި

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވެންސް: މަހަކު -/2،000 ރުފިޔާ

ޝަރުޠު:                          

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮއްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮއްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮއްފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮއްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮއްފައިވުން. 

ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް

1- އޮފީހާއި އެހެނިހެންތަންތަނާއި ޢިމާރަތްތައް ހުޅުވައި ބަންދުކުރުމާއި ރަސްމީގަޑިއާއި އިތުރުގަޑީގެ ހާޒިރީތައް ތައްޔާރުކޮށް ފޮތްތައް ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް  ތައްޔަރުކުރުވައި ކަމާބެހޭ ފަރާތަކަށް ފޮނުވުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން .

2- މުވައްޒަފުންގެ އެޕްރައިޒަލާބެހޭ މަސައްކަތްތަކާއި، ސަލާމާއި ޗުއްޓީގެ ރެކޯޑް  ބެލެހެއްޓުމާއި، މުވައްޒަފުން ރަސްމީގަޑީގައި  ބޭރަށްދާއިރު ލިޔާފޮތް ތައްޔާރުކޮށް  ބޭރަށް ދާގޮތުގެ ރެކޯޑްކޮށް ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން. 

3- މަދަރުސާއަށް ލިބޭ ލިއެކިޔުންތަކާއި ތަކެތި ބަލައިގަތުމާއި، އެކިފަރާތްތަކަށް ފޮނުވަންޖެހޭ އިދާރީ ލިޔުންތައް ލިޔެ ފޮނުވުމާއި، ދުވަހު ޔައުމިއްޔާ ލިޔުއްވުމާއި، ލިޔުންތައް ފައިލްކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

4- މަދަރުސާއިން ޗާޕްކޮށް ފޮޓޯކޮޕީ ހަދަންޖެހޭ ތަކެތި ޗާޕްކޮށް ފޮޓޯކޮޕީ ހެއްދުމާއި، އިތުރު ހަރަކާތްތަކާބެހޭ އިދާރީ ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

5- މަދަރުސާގެ ތަފާސްހިސާބާއި، އަހަރީ ރިޕޯޓާއި، " އޯ "ލެވެލްއާއި އެސް.އެސް.ސީ އިމްތިޙާނާ ބެހޭގޮތުން ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، މުވައްޒަފުންގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

6- މުވައްޒަފުންގެ ރަޖިސްޓަރީތައް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ދޫކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ހަވާލުކުރުމާއި، މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

7- މަދަރުސާއަށް ކުދިން ވެއްދުމާއި، ވައްދާ ކުދިންނާއި ވަކިވާ ކުދިންނާބެހޭ މަޢުލޫމާތު ދަރިވަރުންގެ ރަޖިސްޓަރީތަކުގައި  ރެކޯޑްކުރުމާއި، ސްކޫލް ލީވިންގ ސަރޓިފިކެޓް ހަދައި ހަވާލު ކުރުމާއި، ދަރިވަރުންގެ ރެކޯޑްފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ހުރިހާ ނޯޓިސްބޯޑްތައް ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން.

8- މަދަރުސާގެ އެންމެހައި އިމާރާތްތަކާއި އެތަންތާގެ ފަރުނީޗަރުތަކާއި ފިކްސްޗާރތަކާއި ހިފާގެންގުޅޭތަކެއްޗާއި ވަށައިގެންވާ މަގުތަކާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމާއި، އެސެމްބުލީ ބޭއްވުމުގެ ތައްޔާރީތައް ކުރުމުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން.

9- ބޯފެން ނެގުމާއި، ފާޚާނާތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމާއި، މަދަރުސާގެ އެންމެހައި އިމާރާތްތަކާއި އެތަންތާގެ ފަރުނީޗަރުތަކާއި ފިކްސްޗާރތަކާއި، ހިފާގެންގުޅޭތަކެއްޗާއި ވަށައިގެންވާ ފާރުތަކާއި ގޯތިތެރޭގައިވާ ރުއްގަސް ފަދަ އެންމެހައި ތަކެއްޗާއި ތަންތަނަށް ގެއްލުމެއް ދިނުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުލިބޭގޮތަށް ބެލެހެއްޓުމާއި، ގޯތިތެރެ ދިއްލުމާއި ބެލެހެއްޓުން.

10- މަދަރުސާގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ކަންކަން ހަމަޖެހިފައި އޮންނަ ޤަވާއިދުތަކާ އެއްގޮތަށް ކަނޑައެޅިފައިއޮންނަ މުއްދަތުގައި ކޮށް ނިންމުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

11- މަދަރުސާގެ  ހުރިހާ ޢިމާރާތްތަކާއި،  އެތަންތާގެ  ފަރުނީޗަރުތަކާއި،  ފިކްސްޗަރތަކާއި،  ހިފާގެންގުޅޭ ތަކެއްޗާއި، މަދަރުސާގެ  ވަށާފާރުތަކާއި ބަގީޗާފާރުތަކާއި ގޭޓްތައް މަރާމާތުކޮށް ބެލެހެއްޓުމަށާއި،  އިތުރަށް ބޭނުންވާ ތަކެތި ހޯދުމަށް ހަމަޖެހިފައިއޮންނަ  އުސޫލުތަކާ އެއްގޮތަށް ކުރަންޖޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

12- މަދަރުސާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަދަރުސާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަޤާމާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެގާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް.

އިންޓަވިއުކުރުން:

  • އިންޓަރވިއު ކުރުން އޮންނާނީ، 2014 ނޮވެންބަރު 9 އާއި 15 އާ ދެމެދު ގެމަނަފުށި ސްކޫލުގެ އޮފީހުގައެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހާސިލުކޮށްފައިވާ, އެކްރެޑިޓްކުރަންޖެހޭ ސެޓްފިކެޓުތައް އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ސެޓްފިކެޓްތައް ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ، ސާފު ކޮޕީއެއް.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީގެ އަސްލު.
  • ވަޒީފާއަށްއެދި ހުށަހަޅާ ފަރާތަކީ މިހާރު ވަޒީފާއެއްގައި ހުރި ފަރާތެއްނަމަ، މިހާރު ވަޒީފާ އަދާކުރާ ފަރާތުން ދޫކުރާނެކަމުގެ ލިޔުން.
  • ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް، މި ވަޒީފާއަށް ހޮވިއްޖެނަމަ، މި ވަޒީފާއަށް ބަދަލުވުމާމެދު، ކަމާބެހޭ ފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ).
  • އިތުރު މަޢުލޫމާތު ސާފުކުރަން އެދޭނަމަ، މި ސްކޫލުގެ ނަންބަރު 7983077 ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2014 ނޮވެންބަރު 4 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ގެމަނަފުށި ސްކޫލަށް ހުށަހެޅުން އެދެމެވެ.

                        2 މުޙައްރަމް 1436

26 އޮކްޓޫބަރު 2014
ހޯދާ