މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރާ ޕްރީސްކޫލްގެ 2 ބުރި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހުރާ ޕްރީސްކޫލުގެ 2 ބުރި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި އިޢުލާން (ނަންބަރު: IUL)334/334/2014/62)ފ(24 ސެޕްޓެންބަރު 2014) އަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު އެކަށީގެންވާ ކަމަށް މިކައުންސިލަށް ޤަބޫލު ނުކުރެވޭތީ، އެ އިޢުލާން ބާޠިލުކޮށް، މުޅި ޢިމާރާތް ކޮމްޕްލީޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށް، ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިރަށުގައި އަލަށް ޢިމާރާތް ކުރެވޭ ޕްރީސްކޫލުގެ 2 ބުރިޢިމާރާތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 13 ނޮވެންބަރު 2014 ވަނަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އެދުވަހުގެ އެގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުނުކުރައްވާ އެއްވެސް ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

13 ނޮވެންބަރު 2014 ވަނަ ދުވަހުން ފެށިގެން 19 ނޮވެންބަރު 2014 ވަނަ ދުވަހުގެ އޮފީސް ބަންދުވުމާ ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ބިޑް ޑޮކިއުމަންޓް ފޯމު -/250 ރުފިޔާގެ ރޭޓުން މި އިދާރާއިން ގަންނަން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

މި އިދާރާއިން ދޫކުރާ ބިޑް ޑޮކިއުމަންޓް ފޯމު ފުރިހަމަ ކުރައްވައި 25 ނޮވެންބަރު 2014 ދުވަހުގެ 22:30 ގައި ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ކަނޑާނީ ބިޑް ހުށަހަޅުއްވާތާ 30 މިނިޓުގެ ތެރޭގައި ބިޑް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި މިއިދާރާގައެވެ.

ބިޑް ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ދޮންބަންޑާރައިން ޕްރީސްކޫލުގެ 2 ބުރި ޢިމާރާތް ކުރުމުގެ އަންދާސީހިސާބު" މިގޮތަށް ލިޔުއްވާފައި އޮންނަންވާނެއެވެ.

ބިޑާއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

*  ކޮންޓްރެކްޓަރުގެ އައިޑީ ކާޑުގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއް، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ އެޓެސްޓް ކޮށްފައިވާ ކޮޕީއެއް.

*  މަސައްކަތް ކުރުމުގައި ބޭނުންކުރާނެކަމަށް ހުށަހަޅާ މެޝިނަރީއާއި، ޓޫލްސް، އަދި މެޓީރިއަލްސް ގެ ތަފުސީލު.

*  މަސައްކަތުގައި އުޅޭނެ އިންޖިނޭރުން، މޭޝަނުން، ކާޕެންޓަރުން، އަދި ސްޕަވައިޒަރުންނާއި، މަސައްކަތު މީހުންގެ އަދަދާއި ފެންވަރު ބަޔާންކޮށްދޭ ލިޔުންތައް.

*  މީގެކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ އަދަދާއި ނަންތައް އަދި އެތަންތަނުން ދީފައިވާ ކޮމެންޓްތައް.

*  ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެލެއްވުމުން މަސައްކަތުގެ ޓެކްނިކަލް ސްޕެސިފިކޭޝަނާއި، ކުރެހުންތަކާއި، އެގްރީމެންޓްފޯމާއި، ކޮންޓްރެކްޓްގެ އުސޫލުތަކާއި، ބޭނުންވާ އިތުރު މަޢުލޫމާތުތައް ސާފުކޮށްދެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ