ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރ. އިނގުރައިދޫ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ރ. އިނގުރައިދޫގައި 02 އިންޖީނުގެއަކުން ފޯރުކޮށްދެމުން ގެންދިޔަ ކަރަންޓުގެ ޚިދުމަތް، އެއް އިންޖީނުގެއަކުން ފޯރުކޮށްދިނުމަށްޓަކައި ޑިސްޓްރިބިއުޝަން ވިއުގައަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްޓަކައި އަޅަންޖެހޭ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 05 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 12:30 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ރ. ހުޅުދުއްފާރު ބްރާންޗް (ރ. އަތޮޅު ރީޖަނަލް އޮފީސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 12:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ރ. ހުޅުދުއްފާރު ބްރާންޗް (ރ. އަތޮޅު ރީޖަނަލް އޮފީސް) އަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމޫތަށްޓަކައި ދަންނަވަމެވެ. އަގު ހުށަހަޅުއްވަން އޮންނަ ގަޑީގައި މާލޭގައިހުންނަ ހެޑްއޮފީހާއި، ރ.ހުޅުދުއްފާރު ބްރާންޗަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ މަޢުލޫމާތާއި އަގު، އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަޑައިގަންނަވާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

06 މުޙައްރަމް 1436

30 އޮކްޓޫބަރު 2014
ހޯދާ