މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް: އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު: 1               

ރޭންކް: އެމް. އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ބަޖެޓް ރިޕޯޓިންގ އެންޑް ކޮންޓްރޯލް ސެކްޝަން، ފައިނޭންސް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން, މާލެ                   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މިނިސްޓްރީގެ ދަށުގައިހުރި ހުރިހާ ސްކޫލް، މަރުކަޒުތަކެއްގެ ބަޖެޓާއި، ފަންޑާބެހޭ ޚަރަދު ރިޕޯޓާއި، އާމްދަނީ ރިޕޯޓާއި ތިޖޫރީ ރިޕޯޓްތައް މަސްނިމުމުން ހޯދުމާއި، އެ ރިޕޯޓްތަކުގައި ކުށްހުރިތޯއާއި ރިކޮންސިލްކޮށްފައިވަނީ ރަނގަޅަށްތޯ ބަލައި ޗެކްކޮށް އިޞްލާޙުކުރުމާއި، ލިބިފައިވަނީ ފުރިހަމަ ރިޕޯޓެއްކަން ޔަގީންކުރުން.

2. ހުރިހާ ރިޕޯޓްތަކެއްގެ ފޯމެޓާއި އޭގައި އެކުލެވެންޖެހޭ ބައިތައްހުރީ ރަނގަޅަށްތޯ ބަލައި ޔަގީންކުރުމާއި، އިޞްލާޙުކުރަންޖެހޭ ރިޕޯޓްތައް އިޞްލާޙުކުރުން.

3. މަހުގެ ޚަރަދު ރިޕޯޓާއި އާމްދަނީ ރިޕޯޓްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވަންދެން، އެކަންތައް ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅު ސެކްޝަނުގެ އިސްވެރިޔާގެ ލަފަޔާއެކު އެޅުން.

4. މިނިސްޓްރީގެ ސެކްޝަންތަކާއި ސްކޫލްތަކާއި ދާއިރާގެ ތަންތަނުން، ފައިސާގެ ރިޕޯޓްތައް ހެދުމަށް ބޭނުންވެއްޖެނަމަ އެފަރާތްތަކަށް އެހީތެރިކަމާއި އިރުޝާދު ދިނުން.

5. ރިޕޯޓްކުރުމުގައި ރަނގަޅުކުރަންޖެހޭ ބައިތަކާއި މައްސަލައުޅޭ ކަންތައްތައް ފާހަގަކޮށް، ސެކްޝަންގެ އިސްވެރިޔާގެ ލަފައާއި އިރުޝާދު ހޯދުން.

6. ކޮންމެ ސްކޫލެއްގެ ބަޖެޓް ހުރިގޮތާއި ފައިސާހުރި މިންވަރާއި، ބަޖެޓްގެ ބާކީ، ކޮންމެ ވަގުތެއްގައިވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސީނިއަރ މެނޭޖްމަންޓުން ބޭނުންވެއްޖެނަމަ އެ މަޢުލޫމާތު ދިނުން.

7. މިނޫނަސް އޮފީހުގެ އިސްވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ދުވަހުން ދުވަހަށްކޮށް ނިންމުން.

ޝަރުޠު:                                              

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ.  ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން..

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2014 ނޮވެންބަރު 6 އާއި 16 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައ

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން/ ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 05 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ. 

23 އޮކްޓޫބަރު 2014
ހޯދާ