ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ:  -/6295 ރުފިޔާ

ސާރވިސް އެލަވަންސް: 2000:00 ރުފިޔާ

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން:  ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: ކަލެކްޝަން މެނޭޖްމަންޓް އެންޑް ސާރވިސަސް

މުއްދަތު: ފެބުރުވަަރީ 2015ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، މާލެ.

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވައި ބެލެހެއްޓުން.
  • އަންނަ ފޮނުވާ ސިޓީތަކާ ގުޅޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  • ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓްތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ސްޓްރެޓީޖިކް އެކްޝަން ޕްލޭން، ތައްޔާރުކޮށް އަޕްޑޭޓް ކުރުން.
  • އޮފީހުގެ ފަރާތުން ހަދަންޖެހޭ އެންމެހާ ޕްލޭންތައް، އިސްކޮށް ތިއްބަވާ ބޭފުޅުންގެ މަޝްވަރާއާއެކު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އެސް.ޑީ.ސީގެ ފޯކަލް ޕޮއިންޓްގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  • މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ރިކޯޑްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

-  އިދާރީ މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ ނަން: ޑެޕިއުޓީ ލައިބްރޭރިއަން

މުސާރަ:  -/5610 ރުފިޔާ

ސާރވިސް އެލަވަންސް: 2000:00 ރުފިޔާ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

ސެކްޝަން: ކަލެކްޝަން މެނޭޖްމަންޓް ސާރވިސަސް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، މާލެ.

ޝަރުޠު:

  1. ލައިބްރަރީ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ލައިބްރަރީ ސައިންސް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.ނުވަތަ
  3. ލައިބްރަރީ ސައިންސް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އައި.ޓީ ދާއިރާއިން، ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ޤައުމީ ކުތުބުޚާނާ އިން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުވައި ބެލެހެއްޓުން.
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމާއި ލައިބްރަރީގެ އެކި ޔުނިޓްތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ލައިބްރަރީއިން ހިންގަންޖެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ލައިބްރަރީގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ ނަން: ކޮމްޕިއުޓަރ ޓެކްނީޝަން 

މުސާރަ:  -/5610 ރުފިޔާ

ސާރވިސް އެލަވަންސް: 2000:00 ރުފިޔާ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

ސެކްޝަން: ކޯޕަރޭޓް ސަރވިސަސް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، މާލެ.

ޝަރުޠު:

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އޮފީހުގައި ކުރަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

  • އައި.ޓީ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ:  -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1

ބޭނުންވާ އަދަދު: 2

ސެކްޝަން: ކަލެކްޝަން މެނޭޖްމަންޓް އެންޑް ސާރވިސަސް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، މާލެ.

ޝަރުޠު:

  1. ލައިބްރަރީ ސައިންސްގެ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  • ހަރުތަކުގައި ހުންނަ ފޮތް، މަޖައްލާ ފަދަ ތަކެތި ތަރުތީބުކޮށް ބެލެހެއްޓުން.
  • ކަސްޓަމަރުންނަށް ފޮޓޯކޮޕީގެ ޚިދުމަތްދީ ފައިސާ ބަލައިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  • ލައިބްރަރީއިން ހިންގާ ތަފާތު ސާރވޭތައް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • ސާރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް (މެނުއަލްކޮށް/ސޮފްޓްވެއަރ ބޭނުންކޮށްގެން ފޮތް ބަލައިގަނެ ދޫކުރުން) ކުރުން.
  • ލައިބްރަރީއަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަނެ، ހަވާލުކުރަންޖެހޭ ސެކްޝަންތަކަށް ހަވާލުކުރުން.
  • އެކި ކަންކަމުގައި އަންނަ ފަރާތްތަކަށް އޮފީހުގެ ފަރާތުން ދޭންޖެހޭ މަޢުލޫމާތު ދިނުން.
  • ދުވަހުން ދުވަހަށް ތަފާސްހިސާބުތައް ރިކޯޑުކުރުން.
  • މެމްބަރޝިޕް ކާޑުތައް ހަދައި ގަވާއިދުން ދޫކުރުން.
  • ލައިބްރަރީއަށް ލިބޭ ފޮތް، ނޫސް، އޯޑިއޯވިޒުއަލް ތަކެތީގެ ޓެކްނިކަލް މަސައްކަތް (އެކްސެޝަން، ވިތްޑްރޯ، ކްލެސިފައި، ކެޓަލޮގް) ކުރުން.
  • ސެކްޝަނުންކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެހިނދަކަށް ބޭނުންވާ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

- ލައިބްރަރީ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ ނަން: ކޭޝިއަރ

މުސާރަ:  -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1

ބޭނުންވާ އަދަދު: 1

ސެކްޝަން: ކޯޕަރޭޓިވް ސާރވިސް ސެކްޝަން 

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، މާލެ.

ޝަރުޠު:

  1. މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ކުތުބުޚާނާއަށް ލިބޭ ދުވަހު ފައިސާ ބަލައިގަތުމާއި އޭގެ ރެކޯޑު ބެލެހެއްޓުން.
  • ލިބޭ ފައިސާ ޖަމާކުރުމަށްޓަކައި އޮފީހުގެ  ބަޖެޓް ސެކްޝަނާ ފައިސާ ހަވާލުކުރުން.
  • މެމްބަރޝިޕްކާޑުތައް ހަދައި ގަވާއިދުން ދޫކުރުން.
  • ޤައުމީ ކުތުބުޚާނާއިން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ފައިނޭންސް ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ ނަން: ސެކިއުރިޓީ އޮފިސަރ

މުސާރަ:  -/3470 ރުފިޔާ

ސާރވިސް އެލަވަންސް: -/1000 ރުފިޔާ

ރޭންކް: އެސް.އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2 

ބޭނުންވާ އަދަދު: 1

ސެކްޝަން: ކޯޕަރޭޓިވް ސާރވިސް ސެކްޝަން 

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، މާލެ.

ޝަރުޠު:

  1. ސެކިއުރިޓީ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސެކިއުރިޓީ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • އޮފީހުގެ ސެކިއުރިޓީ ސިސްޓަމް ބޭނުންކޮށްގެންނާއި ޢަމަލީގޮތުން އޮފީހުގެ އެތެރެއާއި ބޭރުގެ ސެކިއުރިޓީ ބެލެހެއްޓުން.
  • ކަސްޓަމަރުން ގެންނަ ތަކެތި ބަހައްޓަންވާތަން ދައްކައި (ޓޯކަން ދޫކޮށް) އަމާނާތްތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  • ކަސްޓަމަރުން ގެންދާ ތަކެއްޗާއި ގެންނަ ތަކެއްޗަކީ ލައިބްރަރީ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ގެންދާ ތަކެތިތޯ ބެލުން.
  • ކަސްޓަމަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެވަގުތަކުހުރި ސްޕަވައިޒަރަކާއެކު މަސައްކަތް ކުރުން.    
  • އޮފީހުން އަންގާ ގޮތެއްގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

- ރަނގަޅު ޞިއްޙަތެއްގައި ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

އިންޓަރވިއު:

- މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި، މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 20 ދުވަހުގެ ތެރޭގައި ޤައުމީ ކުތުބުޚާނާގައި އޮންނާނެއެވެ. މި މަޤާމުތަކުގެ އިންޓަރވިއު އޮންނާނީ ޤައުމީ ކުތުބުޚާނާގައެވެ.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ފޯމު ފޮނުއްވަންވީ ތާރީޚު: 2014 ނޮވެންބަރު 05 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ޤައުމީ ކުތުބުޚާނާއަށް. (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ ޢިމާރާތް)

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ފޯމު ލިބެން ހުންނާނެއެވެ. )
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 

27 ޛުލްޙިއްޖާ 1435

21 އޮކްޓޫބަރު 2014
ހޯދާ