ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި މަޤާމަށް ކުރިން ކުރެވުނު އިޢުލާނު ނަންބަރު: 33/2014/I/HR-170 ގެ ޝަރުޠު އިޞްލާޙު ކުރުމަށް ބާޠިލު ކުރުމަށްފަހު އެ މަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުޞަޠު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

3 (ތިނެއް)

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް:

  1. މުސާރަ: މަހަކު -/4465 ރުފިޔާ
  2. ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
  3. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެ މަތީން ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ

މަސައްކަތހަމަޖެހިފައިވާތަން:

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ/ މާލެ

ސެކްޝަން/ ޔުނިޓް

އެކެޑަމިކް (ފެކަލްޓީތައް)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކުއްލިއްޔާގެ ސިއްރުތަކައް ރައްކާތެރިވުމާއި، ކޯސްތަކާއި ކޯސްތަކުގެ މަންޙަޖާއި އަދި ކޯސްތަކުގެ އިދާރީ އެއްވެސް މަޢުލޫމާތެއް ކޯސްތައް ހިންގުމާ ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
  2. ކޮންމެ ސެމިސްޓަރ އެއް ފެށުމާއެކު ކަނޑައެޅިފައިވާ ފެކަލްޓީގެ މަސައްކަތްތަކުގެ ތެރެއިން ދަރިވަރުންނަށް ބައިވެރިވެވެން ހުރި މާއްދާތަކުގެ ރަޖިސްޓްރީ ތައްޔާރުކުރުން.
  3. ދަރިވަރުންގެ ހާޒިރީ އަޕްޑޭޓުކޮށް ބެލެހެއްޓުމާއެކު ލެކްޗަރަރއިންގެ ހާޒިރީ ކިޔަވައިދެވިފައިވާ ގަޑިތައް އެނގޭނެހެން އަޕްޑޭޓުކޮށް ބެލެހެއްޓުން، ފެކަލްޓީގެ ހިޔުމަންރިސޯސްގެ މަސައްކަތް ކުރައްވާ މުވައްޒަފާއި ޙަވާލިކުރުން.
  4. ދަރިވަރުން ހުށަހަޅާ އެސައިންމަންޓުތަކާ ބެހޭ މަޢުލޫމާތު ހިމަނައިގެން ލިސްޓެއް ތައްޔާރުކޮށް ސޮއި ކުރުވުމަށް ފަހު ލެކްޗަރަރއިންނާ އެސައިންމެންޓުތައް ޙަވާލުކުރުން.
  5. އިމްތިޙާނުތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  6. އެކިއެކި ކަންކަމުގައި ފެކަލްޓީއަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް ފެކަލްޓީގައި ހިންގޭ ކޯސްތަކާބެހޭ އެންމެހައި މަޢުލޫމާތު އޮޅުންފިލުވައިދިނުމާއި، އަދި އެ ފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ މުވައްޒަފަކަށް އެންގުން.
  7. ކަނޑައެޅިފައިވާ ފެކަލްޓީގެ ކުލާސްތައް ކެންސަލްވުމާއި ކުލާސްތައް ރީޝެޑިއުލްކުރުން ފަދަ ކަންތައްތަކާއި އަދި އެ ފެކަލްޓީގެ ދަރިވަރުންގެ ޝަކުވާތަކާއި މެޑިކަލް ރިޕޯޓުތަކުގެ އިތުރުން ޕާޓްޓައިމް ލެކްޗަރަރސް ގެ ހުށަހެޅުންވުން ފަދަ އެންމެހައި ކަންކަން އެފެކަލްޓީ ގެ އެކަމާބެހޭ ކޯސް ކޯޑިނޭޓަރުންނަށް ރިޕޯޓުކުރަމުން ދިއުން.
  8. ކޮންމެ ސެމިސްޓަރއެއް ނިމުމުން ކަނޑައެޅިފައިވަ ފެކަލްޓީގެ ދަރިވަރުންގެ ސަބްޖެކްޓް އެޓޭންޑެންށް ރިޕޯޓާއި ލެކްޗަރަރސްގެ އެޓެންޑެންސް ރިޕޯޓު ކޮންޓެކްޓް އަވަރސް އެނގޭނެހެން ތައްޔާރު ކުރުމާއި އަދި އެ ފެކަލްޓީގެ ލެކްޗަރަރސް ގެ އިވެލުއޭޝަންތައް ފުރިހަމަ ކުރުމަށްފަހު ކަނޑައެޅޭ އުސޫލުގެ މަތިން ފެކަލްޓީގެ ޑީންއަށް ހުށަހެޅުން.
  9. ކުއްލިއްޔާގެ މަސައްކަތުގެ ތެރެއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތް ކުރުން.
  10. ހަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު، ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ކުއްލިއްޔާގެ އިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ދޫކުރެވޭ ނަމޫނާއާ އެއްގޮތަށް.

ވަޒީފާއަށް އެދޭ ފޯމު ފޮނުއްވަންވީ ތާރީޚު:

22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާ އަށް

އިންޓަވިއު އޮންނަ ތަން:

ކުއްލިއްޔާގެ މީޓިންގ ރޫމް ގައެވެ.

އިންޓަވިއު ބޭއްވޭނެ މުއްދަތު:

26 ނޮވެންބަރު 2014 ން 30 ނޮވެންބަރު 2014 އަށް

ޝޯޓްލިސްޓު ކުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 ފަރާތަށްވުރެ އިތުރުވާ ކަމުގައިވަނީނަމަ، ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެކަނި ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

ސާފުކުރެއްވުމަށް ކުއްލިއްޔާގެ ނަންބަރު 3321295 އަށް ގުޅުއްވުން އެދެމެވެ.

19 ޛުލްޙިއްޖާ  1435

13 އޮކްޓޫބަރު 2014
ހޯދާ