ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ،

މިއިދާރާގެ ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު:              އެސިސްޓެންޓް އެކައުންޓްސް އޮފިސަރ،

ރޭންކް:              ޖީ.އެސް 3

ކްލެސިފިކޭޝަން:         އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރާތަން:      ޤައުމީ އަރުޝީފު / މާލެ

ސެކްޝަން:            އެޑްމިނިސްޓްރޭޝަން، ފައިނޭންސް އެންޑް އައި. ޓީ.

ޔުނިޓް:              ބަޖެޓް ޔުނިޓް

ސަރވިސަސް:          ޖެނެރަލް ސަރވިސަސް

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ މުސާރަ:        4465.00 ރުފިޔާ

ސާރވިސްއެލަވަންސް:     1500.00 ރުފިޔާ

ބޭނުންވާ ޢަދަދު:         01

ތަޢުލީމާއި ތަޖުރިބާ / ފެންވަރ ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމާއި، ފަރުވާތެރިކަމާއި ސާފުތާހިރުކަމާއެކު ކަންކަންކުރަން އެނގުމާއި މީހުންނާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތުތައް:

  1. ދުވަހުން ދުވަހަށް ބަޖެޓް ބާކީކޮށް ނިންމުމާއި މުޅި ޖުމްލަ ބަޖެޓް ބާކީކޮށް ބެލެހެއްޓުމާއި އުނިކުރެވިފައިވާ ފައިސާ ހޯދުމަށް ލިޔަންޖެހޭ ފަރާތްތަކަށް ލިޔުމާއި ބަޖެޓުން ފައިސާ ޚަރަދުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ބަޖެޓް ކޮންޓްރޯލް ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން.
  2. ތިޖޫރީ ރިޕޯޓް ޗެކްކުރުމާއި ބަޖެޓް ޚަރަދު ރިޕޯޓާއި ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ޗެކް ކުރުމާއި މަހުންމަހަށް ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯރޓް ތައްޔާރުކުރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  3. މުވައްޒަފުންގެ މުސާރައާއި ދޭންޖެހޭ އެހެނިހެން އިނާޔާތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ދިނުމާއި ކުރިއަށް އޮތް އަހަރަށް ބަޖެޓް ތައްޔާރުކުރުމާއި ހޯދަންބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި ކަނޑައެޅޭ މުއްދަތަށް ބަޖެޓް ތައްޔާރުކުރުން.
  4. ބަޖެޓުން ހިންގާ މަޝްރޫޢުތަކަށް ހިނގާ ޚަރަދުތައް ބެލެހެއްޓުމާއި، އެކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކަށް މަޢުލޫމާތު ދިނުން.
  5. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ޙިއްސާކުރުމާއި އޮފީހުގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.
  6. އޮފީހުގެ ހުރިހާ މުވައްޒަފުން ޝާމިލްވާ ގޮތުގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކުއްލިއަކަށް ކުރަންޖެހިގެން އޮފީހުގެ ފަރާތުން ވަގުތީ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

އުޖޫރައާއި އިނާޔަތްތައް:

- ހެލްތު އިންޝުއަރެންސް:  މަދަނައިގެ ދަށުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖެހޭނެއެވެ.

- ނޮން ޕްރަކްޓިސް އެލެވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، އިތުރުގަޑީގެ ފައިސާ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ހުށަހަޅަންޖެހޭލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  ލިބެން ހުންނާނެއެވެ).
  2. އެކްރިޑެޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އިންޓަރވިއުއަށް އަންނައިރު އަސްލު ހުށަހަޅާ ގޮތައް)
  3. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ނުވަތަ ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ޤައުމީ އަރުޝީފުގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއް ނަމަ އަދާކޮށްފައިވާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތައް ނަގާފައިވާ ކޮޕީއެއްކަމަށް ރަސްމީ އިދާރާއެއްގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:  ޤައުމީ އަރުޝީފު / މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، މާލެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:   12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓް: މިއިއުލާނާއި ގުޅިގެން މިމަޤާމަށް ކުރިމަތިލާފައިވާ ފާރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެކު އިންޓަރވިއު ކުރުމަށް ފަހު، އެންމެ މަތީ މާރކްސް ލިބޭ، އަދި އެންމެ ޤާބިލް ކަމަށް ފެންނަ ފަރާތަކަށް މިމަޤާމު ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349312 ނަންބަރު ފޯނާއެވެ.   

މިހެންވެ، މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.

4 ޛުލްޙިއްޖާ 1435

28 ސެޕްޓެންބަރު 2014
ހޯދާ