ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 4

އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/5020 ރުފިޔާ (ފަސްހާސް ވިހި ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަރުފިޔާ) އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށް ދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ލިިބިފައިވުމާއެކު ޖީ.އެސް 3 ރޭންކްގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން، ނުވަތަ

3. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 3 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1. ޝަރީޢަތާ ގުޅޭ ކަންކަމުގައި ހާޒިރުކުރެވޭ ފަރާތްތަކާއި ޝަރީޢަތާ ގުޅުންހުރި މުއާމަލާތްތައް ހިންގުން.

2. ޝަރީޢަތުގެ މަޖިލީހުގެ ކަންތައް ބެލެހެއްޓުން.

3. ޝަރީޢަތާ ބެހޭ އިދާރީ މަސައްކަތްތައް ކުރުން.

4. ރެކޯޑިންގ ބަޔާންތައް ލިޔުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1. ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

ސުންގަޑި

09 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މި މަޤާމުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓުކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓު ކުރެވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
22 ސެޕްޓެންބަރު 2014
ހޯދާ