މާފުށީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިޔުޓަރ ޓެކްނީޝަން

މުވައްޒަފަކު ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު: GS143/2014/16 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާނު ކުރަމެވެ.

މަޤާމު: އެސިސްޓެންޓް ކޮމްޕިޔުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:  01

ވަޒީފާ އަދާކުރަންޖެހޭ ތަން: ކ.މާފުށީ ސްކޫލް

 

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައި އޮންނަ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

GS3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.   

-/4465ރ

-/1500ރ

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ސްކޫލްގެ އިންޓާނަލް ނެޓްވޯކާއި، ސާރވަރފަދަ ނެޓްވޯކްތައް ބެލެހެއްޓުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  • ސްކޫލްގެ ކޮމްޕިއުޓަރތަކަށް ދިމަވާ މައްސަލަ ޙައްލުކުރުމާއި،  އަމިއްލައަށް ޙައްލުނުކުރެވޭފަދަ ކަމެއްނަމަ ސަރުކާރުގެ ގަވާއިދާ  އެއްގޮތްވާގޮތުގެމަތިން ބަޔަކު ހޯދައިގެން ވެރިއެއްގެ އިރުޝާދުގެމަތިން މައްސަލަ ޙައްލުކުރުން.
  • ކޮމްޕިއުޓަރުތަކުގެ ސޮފްޓްވެއަރއަށް ދިމާވާ މައްސަލަ ޙައްލުކުރުމާއި، ސޮފްޓްވެއަރ އަޅައި އެ ބޭނުންކުރާނެގޮތުގެ އިރުޝާދުދީ، މުވައްޒަފުންނާއި ދަރިވަރުންނަށް ތަމްރީނު ދިނުން.
  • ކޮމްޕިއުޓަރު ފޯމެޓްކުރުމާއި، ސޮފްޓްވެއަރ ހޯދުމާއި، އައި.ޓީ ޔުނިޓަށް ހޯދަންޖެހޭ ތަކެތި ހޯދުން.
  • ސްކޫލްގެ ކޮމްޕިއުޓަރުތަކަށް އެންޓިވައިރަސް އަޅައި އެ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޕްރިންޓަރ، ފެކްސް، ފޯން ލައިންތަކަށް ދިމާވާ މައްސަލަތައް ވީހާ އަވަހަކަށް ރަނގަޅުކުރުމާއި، އަމިއްލައަށް ރަނގަޅު ނުކުރެވޭކަމެއް ދިމާވެއްޖެނަމަ، އެކަމަކާ ގުޅޭ ވެރިއެއް މެދުވެރިކޮށް އެކަމެއް ޙައްލުކުރުން.
  • ސްކޫލްގައި ބާއްވާ އެކިއެކި ހަރަކާތްތަކަށް ސައުންޑު ތައްޔާރުކޮށް، އެކަން ބެލެހެއްޓުން.
  • އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމާއި އެހީތެރިވުން.
  • ސްކޫލްގެ ކޮމްޕިއުޓަރ ލެބާއި ކްލާސްތަކުގައި ހަރުކޮށްފައި ހުންނަ އައި.ޓީއާ ގުޅުންހުރި ތަކެތި ބެލެހެއްޓުން.  
  • ހަވާލުކުރާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.
  • ސްކޫލްގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރާ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން.

2. މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

 

 ސުންގަޑި:

     ޝަރުޠު ހަމަވާ ފަރާތްތަކުން 01 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6640471 ނަންބަރާ ގުޅުއްވުން އެދެމެވެ.

އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ތަނާއި، ތާރީޚު:

 އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ 02 އޮކްޓޫބަރު 2014 އާއި 09 އޮކްޓޫބަރު 2014 އާ ދެމެދު މާފުށީ ސްކޫލުގައެވެ.

 ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (ވަޒީފާއަށް އެދޭ ފޯމު ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދީފައިވާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ 
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު / ސީ ވީ (ގުޅޭނެ ނަންބަރާއެކު)

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އަދި އެކަން ކަށަވަރު ކުރާނީ އިންޓަވިއުއަށް އެމީހަކު ހާޒިރުވާއިރު އެލިޔުންތަކުގެ އަސްލު ގެނެސް ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށްގެންނެވެ.              

28 ޛުލްޤަޢިދާ 1435

23 ސެޕްޓެންބަރު 2014
ހޯދާ