ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތު ކުރުމަށް

ވ.ކެޔޮދޫ ޞިއްޙީމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތު ކުރުމަށް 2 ޖުލައި 2014 ވަނަ ދުވަހު ކުރި މިހޮސްޕިޓަލްގެ ނަންބަރު: IUL)VAH/J4-HC/2014/5) އިޢުލާން ބާޠިލުކޮށް، އަލުން މިދަންނަވާ މަރާމާތުކޮށް, އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މޮޑެލް ނަންބަރު :

NISSAN – KR-SKF2MN

ޗެސިސް ނަންބަރު :

SKF2MN-100112

އިންޖީނު / މޯޓަރު އުފެއްދި ކުންފުނި :

NISSAN

އިންޖީނު / މޯޓަރ ސީރިއަލް ނަންބަރު :

RF-873291

އިންޖީނު / މޯޓަރ ކެޕޭޝިޓީ :

1990.00 cc

ބާވަތް :

B1

ހަކަތަގެ ބާވަތް :

DIESEL

އުފުލޭ މީހުންގެ އަދަދު :

06

ކުރަންހުރި މަރާމާތުތަކުގެ ތަފުސީލު :

  • އިންޖީނު އޯވަރހޯލްކުރުން.
  • އެއަރކޯން ސިސްޓަމް މަރާމާތު ކުރުން.
  • އެމްބިއުލާންސްގެ އެތެރޭގެ ލައިޓް ކޮމްޕްލީޓް މަރާމާތު ކުރުން.

މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 1 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 10:00 ގައި ކެޔޮދޫ ޞިއްޙީމަރުކަޒުގައި ނުވަތަ ވ.އަތޮޅު ހޮސްޕިޓަލްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށާއި، މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މި މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 7 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކެޔޮދޫ ޞިއްޙީމަރުކަޒަށް ނުވަތަ ވ.އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ