އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އަމިއްލަ ތަކެތީގައި އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން.

          މި ހޮސްޕިޓަލުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: IUL)ADAH/PRIV/2014/6) އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިވަނީ 2 ފަރާތުންކަމަށްވާތީ އެއިޢުލާނު ބާޠިލު ކުރުމަށްފަހު އަލުން އެކަމަށް އިޢުލާނު ކުރަމެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ސެޕްޓެންބަރު 2014 ވަނަދުވަހުގެ 13:00 އަށް މިހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

          އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ

 16 ޛުލްޤަޢިދާ 1435 

11 ސެޕްޓެންބަރު 2014
ހޯދާ