މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް.3

 އޮފިސަރ ގްރޭޑް1

މުސާރައާއި އިނާޔަތްތައް

މުސާރަ: -/4,465 ރ ، ސަރވިސް އެލަވަންސް: -/1500 ރ

އަދި ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން ކޮއްތުފައިސާ ދެވޭނެއެވެ. ދުވާލު ޑިއުޓީއަށް -/25ރ ގެ ރޭޓުން، އަދި ނައިޓް ޑިއުޓީ އަށް -/45 ރ ގެ ރޭޓުން ފައިސާ ދެވޭނެއެވެ. މީގެ އިތުރުން (އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ސ. ގަން / ރީޖަނަލް ވެދަރ ސަރވިސް

ބޭނުންވާ އަދަދު

01

ޝަރުޠު

މީޓިއޮރޮލޮޖިކަލް ދާއިރާގައި މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

1. ސާނަވީ އިމްތިޙާނަކުން މެތްސް/ފިޒިކްސް/ކެމިސްޓްރީގެ ތެރެއިން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާ އިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ  

2. މީޓއޮރޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މީޓިއޮރޮލޮޖީގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. މީޓިއޮރޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މީޓިއޮރޮލޮޖީގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- މޫސުމާބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ރިޕޯޓްތައް ފޮތްތަކުގައި ލިޔުން.

2- ހައިޑްރިޖަން ގޭސް ބެލޫނަށް އަޅައިގެން ރޭޑިއޯ ސޮންޑޭ އޮބްޒަވޭޝަން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. ހައިޑްރިޖަން ގޭހަކީ ނުރައްކާތެރި ގޭހެއްކަން ދަނެ ސަމާލުވުން.

3- ކޮންމެ ދުވަހަކު ސަންޝައިން އާއި ޓައިޑްރީޑިންގ ނަގަން ހަމަޖެހިފައިވާ އުސޫލެއްގެމަތިން އެކަން ކުރުން.

4- މީޑިއާއަށާއި މިނޫންވެސް ބޭނުންތަކަށް ތައްޔާރުކުރެވޭ ޑޭޓާ ދުވަހުން ދުވަހަށް ތައްޔާރުކޮށް ރައްކާކުރުން.

5- މަސައްކަތްކުރުމަށް ބޭނުންކުރާ އެއްވެސް އިކްއިޕްމަންޓަކަށް ނުވަތަ އިންސްޓްރޫމެންޓަކަށް މައްސަލައެއް ދިމާވެއްޖެނަމަ ސުޕަވައިޒަރުގެ ސަމާލުކަމަށް އެ މައްސަލަ ގެނައުން.

6- ބިންހެލުމާއި ސުނާމީ ފަދަ ޤުދުރަތީ ޙާދިޘާއެއް ދިމާވެއްޖެނަމަ އެސް.އޯ.ޕީގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ޢަމަލުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3340975، އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 1. މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއް ކަމުގައިވުން.
 2. ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
 3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގެ ވެބްސައިޓުން www.meteorology.gov.mv ، www.environment.gov ޑައުންލޯޑް ކުރެވޭނެއެވެ. އަދި ސ. ގަމުގައި ހުންނަ ރީޖަނަލް ވެދަރ ސަރވިސް އިން ލިބިވަޑައިގަންނަވާނެއެވެ.)
 • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
 • ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، އެ އޮފީހެއްގައި ވަޒީފާ އަދާކުރެއްވި ގޮތުގެ ލިޔުން ހުށަހަޅަންވާނެއެވެ.
 • ސުންގަޑި: 2014 ސެޕްޓެމްބަރ  21 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (ހުޅުލެ) އަށް.  ނުވަތަ ސ. ގަމުގައި ހުންނަ ރީޖަނަލް ވެދަރ ސަރވިސް އަށް.
 •  އިންޓަރވިއު އަދި ޕްރެކްޓިކަލް އާއި އިމްތިހާނު ކުރުން 29 ސެޕްޓެމްބަރ 2014 އާއި 02 އޮކްޓޯބަރ 2014 އާއި ދޭތެރޭގައި  ސ. ގަމުގައި ހުންނަ ރީޖަނަލް ވެދަރ ސަރވިސް ގައި އޮންނާނެއެވެ.
 • ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ޓައިޕްކުރަން އަހުލުވެރި ވެފައިވާ މިންވަރު ބެލުމަށްޓަކައި ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.
 • ދިވެހި އަދި އިނގިރޭސިބަހުން ތަރުޖަމާކުރުމަށްޓަކައި ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.

13 ޛުލްޤަޢިދާ 1435

 

08 ސެޕްޓެންބަރު 2014
ހޯދާ