ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ    

މަގާމުގެ ޢަދަދު:

1 ( އެކެއް)

ރޭންކު:

އެމް. އެސް 3   (މެނޭޖިއަލް ސަރވިސް 3)

ކުލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކުޓަރ              

މުސާރަ:       

7035.00 ރުފިޔާ     

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން:

ހައްދުންމަތީ އަތޮޅު ކައުންސިލުގެ އިދާރާ/ކޯޕަރޭޓިވް އެފެއާޒް                

މަގާމުގެ ފެންވަރު ނުވަތަ ޝަރުޠު / ތައުލީމާއި ތަޖުރިބާ:

 

1- އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖިރިބާ ލިބިފައިވުން. ނުވަތަ

3- އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖިރިބާ ލިބިފައިވުން. ނުވަތަ

4- އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓްގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މަސްއޫލިއްޔަތު:

1-  ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޓްރެކުޓާ އެއްގޮތްވާގޮތުގެމަތިން ކައުންސިލުގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.

2- އެޑްމިނިސްޓްރޭޝަން، އެޗު.އާރު އެންޑް އިންފޮމޭޝަން ޔުނިޓްގެ މަސައްކަތްތައް ރާވައި އިންތިޒާމުކޮށް މުވައްޒަފުން ލައްވާ ކުރުވުން.

3-  ފޮނަދޫގައި ގާއިމުކުރެވިފައިވާ ހިޔުމަން ރިސޯސް މެނޭޖުމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ހަރަކާތްތައް ހިންގުން.

4- ސަރުކާރުގެ ދާއިރާތަކާއި މިނިވަން މުސްތަޤިއްލު މުއައްސަސާތަކުން ބަލާ މައްސަލަތަކުގެ ތެރެއިން ކައުންސިލުގެ އެހީތެރިކަމަށް އެދޭ މައްސަލަތަކުގައި އެފަރާތްތަކަށް އެހީތެރިވެދިނުން.

5- މިނިސްޓްރީތަކުން އަތޮޅުގައި ކުރަން ހަމަޖައްސަވާ ކަންތައްތައް ކުރުމުގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް ގަވާއިދުގައި ހަމަޖެހިފައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނަކާއި މުއްދަތު:

ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަސް ކުރިން މި މަގާމަށް އެދުނު ފަރާތްތަކަށް އަންގާނެއެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި އާއި ތަން:

04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 15.00 ގެ ކުރިން  މި އިދާރާއަށް

ހުށަހަޅަށްޖެހޭ ލިޔުންތައް:

1- ވަޒީފާއަށް އެދި ހުށަހަޅާސިޓީ/ސިވިލްސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (މި ފޯމު، މި އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓު [email protected] ން  ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުކު ކުރިމަތިލައިގެން މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް (މުއްދަތު ހަމަނުވާ)

4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  އަތޮޅު ކައުންސިލުގެ އިދާރާގެ 6800713 ނަންބަރުގެ ފޯނަށެވެ.

            29 ޝައްވާލް 1435 

25 އޮގަސްޓް 2014
ހޯދާ