މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ކްލީން އެނަރޖީ ފޯރ ކްލައިމޭޓް މިޓިގޭޝަން (ސީ.އީ.ސީ.އެމް) ޕްރޮޖެކްޓް

ގްރާންޓް ނަންބަރު: TF011858

ނަންބަރު: (IUL) 438/438/2014/98

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އައި.އެފް.ކިއު ނަންބަރު: 001/TF011858

1. ދިވެހި ސަރުކާރުން ވާރލްޑްބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް) ގެ ދަށުން އެކުލަވާލެވި، ތަންފީޛު ކުރަމުންގެންދާ "ކްލީން އެނަރޖީ ފޯރ ކްލައިމޭޓް މިޓިގޭޝަން (ސީ.އީ.ސީ.އެމް) ޕްރޮޖެކްޓް"ގެ މަޝްރޫޢު ހިންގުމަށް ލިބުނުއެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ސެޕްޓެންބަރު 2014ވަނަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން އަންދާސީހިސާބު ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅު ކުރެއްވުމުން ސޮފްޓް ކޮޕީ ފޯރމެޓްގައި "ޝޮޕިންގ ޑޮކިއުމަންޓް" ފޮނުވައިދެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެ ފަރާތްތަކަށް ތިރީގައިވާ އެޑްރެހުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، ދިވެހިރާއްޖެ

ޓެލެފޯން :  3018419 960+ 

ފެކްސް:   3018301 960+

އީ މެއިލް: [email protected]

3. ބަންދުކުރެވިފައިވާ އަންދާސީހިސާބުތައް 4 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 11:00 ކުރިން މި ދައުވަތުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ފޮނުއްވަންވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި އަންދާސީހިސާބު ހުޅުވުން އޮންނާނީ 4 ސެޕްޓެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 11:05 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚު ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ޝޮޕިންގ ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ. މި ދަޢުވަތުގައި ރާއްޖޭގައި ތައްޔާރުކޮށް އުފައްދާ ތަކެއްޗަށް ވަކި ޚާއްޞަ އިސްކަމެއް ނުދެވޭނެއެވެ.

5. މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) ގައި މި އިޢުލާން ޝާއިޢު ކުރެވިފައިވާނެއެވެ.

14 އޮގަސްޓް 2014
ހޯދާ