މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ރާއްޖޭގައި ހިންގަމުންގެންދާ ފާރަމަސީ ތައް ގަވާއިދާ އެއްގޮތަށް ހުރިތޯ ބެލުން

އިޢުލާނު      

ރާއްޖޭގައި ހިންގަމުންގެންދާ ފާރމަސީ ތައް ގަވާއިދާ އެއްގޮތަށް ހުރިތޯ ބެލުމަށް ކުރިއެކޭ އެއްގޮތަށް އިންސްޕެކްޝަން ކުރިއަށްގެންދާނެ ކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ. މިގޮތުން ތިރީގައިވާ ކަންކަމަކީ އިތުރު އިންޒާރެއްނެތި " ޑޮކްޓަރީ ބޭސްވިއްކުމުގެ ހުއްދަ" ބާތިލު ކުރެވޭނެ ކަންކަމެވެ.

  1. ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަނެތުން ނުވަތަ  ފާރމަސީއަށް ދޫކޮށްފައިވާ ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދައިގެ މުއްދަތު ހަމަވެފައިވުން ( މުއްދަތު ހަމަވުމުން ހުއްދަ ބާތިލު ވާނެއެވެ.)
  2. ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ ނެތް ބޭސް ވިއްކަން ހުރުން ( އެޕްރޫވް ޑްރަގް ލިސްޓުގައި ނުހިމެނޭ ބޭސް ވިއްކަން ބަހައްޓާފައި ހުރުން)
  3. ބޭސް ވިއްކުމުގެ ހުއްދަނެތް މީހަކު ބޭސްވިއްކަން ހުރުން ( ފާރމަސިސްޓު ނުވަތަ ފާރމަސީ އެސިސްޓެންޓުގެ އައިޑީ ކާޑު ނެތި ބޭސް ވިއްކުން.)
  4. ބޭސް ސިޓީ އަކާ ނުލައި ވިއްކުން ހުއްދަ ނުކުރާ ބޭހެއް ( ޕްރިސް ކްރިޕްޝަން އޮންލީ ބޭސް) ބޭސް ސިޓީއެއް ނެތި ވިއްކުން
  5. ހަލާކުވެފައިވާ ބޭހާއި މުއްދަތު ހަމަވެފައިވާ ބޭސް މުއްދަތު ހަމަނުވާ ބޭހާއެކު ވިއްކަން ބަހައްޓާފައި ހުރުން.
  6. ބޭސް ބެހެއްޓުމަށް އެކަށީގެން ވާ މާހައުލެއް ގާއިމު ކޮށްފައި ނެތުން އަދި ބޭސް ރައްކާތެރިކަމާއެކު ބަހައްޓާފައި ނެތުން
  7. ބޭސް ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބޭސް ބެހެއްޓިފައި ނެތުން
  8. ކޮންޓްރޯލްޑް ޑްރަގްސް ގެންގުޅުމުގައި މަސްތުވާތަކެއްޗާބެހޭ ގާނޫނު 2011 /17 އާއި ގައިޑްލައިނާއި ގަވާއިދަށް އަމަލުނުކުރުން

މަތީގައި ދެންނެވިފައިވާ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ ވަގުތުން ޑޮކްޓަރީ ބޭސްވިއްކުމުގެ ހުއްދަ ބާތިލުކޮށް ފާރމަސީ ބަންދުކުރެވޭނެއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންް ދޫކޮށްފައިވާ އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަ ސަސްޕެންޑް ވާނެއެވެ. އަދި މިގޮތުއް ފާރމަސީއެއް ބަންދު ކޮށްފިނަމަ އަލުން ފާރމަސީ އަށް ހުއްދަ ދޫކުރުމުގައި އަމަލުކުރާނީ އައު ފާރމަސީއެއް ހުޅުވުމަށް ހަމަޖެހިފައިވާ އުސޫލުންނެވެ. އަދި ދަންނަވަމެވެ. އަލަށް ފާރމަސީ ހުޅުވާއިރު އަމަލުކުރާނީ އެއިރެއްގައި ފާރމަސީއަށް ހުއްދަދިނުމަށް އަމަލުކުރަމުންގެންދާ ކްރައިޓީރިއާ އަދި އުސޫލުގެ މަތިންނެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.  އިތުރުމަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރު 3014316 އިން  ލިބިވަޑައިގަންނަވާނެއެވެ.

 8 ޝައްވާލް 1435 ހ.

04 އޮގަސްޓް 2014
ހޯދާ