ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީން ގެނައުމަށް ކޯޓާ އަދި އެމްޕްލޯއިމަންޓު އެޕްރޫވަލް ދޫކުރުމާބެހޭ

އިޢުލާނު

ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ، މިމައްސަލަ ޙައްލު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މި ޑިޕާރޓްމަންޓުން މިގެންދަނީ ކުރަމުންނެވެ.

މިގޮތުން، ތިރީގައި މިދަންނަވާ ދާއިރާތަކުގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ އަދި އެމްޕްލޯއިމަންޓު އެޕްރޫވަލް ދޫކުރުން 7 އޮގަސްޓު 2014 އިން ފެށިގެން 30 އޮކްޓޫބަރު 2014 ގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

1- ބޯކޮށުމުގެ މަސައްކަތް

2- ފެހުމުގެ މަސައްކަތް

3- ދަނޑުވެރިކަމުގެ މަސައްކަތް

އަދި ދަންނަވަމެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތަކުގައި ތިޔަ ފަރާތުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް އެކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.   

26 ރަމަޟާން 1435  

24 ޖުލައި 2014
ހޯދާ