ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ކޯޓާ ދޫކުރުމާބެހޭ

އިޢުލާނު

ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ، މިމައްސަލަ ޙައްލު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މި ޑިޕާރޓްމަންޓުން މިގެންދަނީ ކުރަމުންނެވެ.

މިގޮތުން، 7 އޮގަސްޓު 2014 އިން ފެށިގެން 30 އޮކްޓޫބަރު 2014 ގެ ނިޔަލަށް، ކުންފުނިތަކަށް " ކޮމްޕެނީ އޮޕަރޭޓަރސް" ގެ ގޮތުގައި ދޫކޮށްފައިވާ 5 ކޯޓާގެ ދަށުން "ނަން-ޕުރޮފެޝަނަލް" މަޤާމަށް 1 ކޯޓާ ދޫކުރާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތަކުގައި ތިޔަ ފަރާތުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް އެކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.   

26 ރަމަޟާން 1435      

24 ޖުލައި 2014
ހޯދާ