މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން މަހުގެ އައު އުފެއްދުންތައް އުފެއްދުމަށް ކުދި ލޯނަށް އެދުމުގެ ފުރުޞަތު އިތުރު ކުރައްވައިފި

ފިޝަރީޒް ޑިވެލޮޕްމެންޓް ޕުރޮގުރާމުގެ ދަށުން މަހުގެ އައު އުފެއްދުންތައް އުފެއްދުމަށް ކުދި ލޯނު ނެގުމަށް އެދޭފަރާތްތަކަށް 11 މޭ 2014 ގައި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލި ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު 9 ޖުލައި 2014 އަށް ހަމަވެފައިވާތީ އެލޯނަށް އެދުމަށް އިތުރުފަރާތްތަކަކުން އެދެމުންދާތީ، ލޯނަށް އެދުމުގެ މުއްދަތަށް އިތުރު 2 މަސްދުވަސް އިތުރުކޮށް 17 ޖުލައި 2014 ގައި ހުޅުވާލައިފީމެވެ.   

މި ޕުރޮގުރާމުގެ ދަށުން ދޫކުރާ ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވާ ޖުމުލަ ޢަދަދަކީ 5.8 (ފަހެއް ޕޮއިންޓު އަށެއް މިލިޔަން ރުފިޔާ) އެވެ.

މި ލޯނު ޕުރޮގުރާމަކީ މަސްވެރިކަން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޙަރަކާތްތެރިވާ ޞިނާޢީ ކުންފުނިތަކަށް މަސްވެރިން ބާނާ މަހުގެ ތެރެއިން ނުގަންނަ މަހުން އިތުރު ޢާމްދަނީއެއް ލިބޭނެގޮތަކަށް އެމަހުގެ ބޭނުންހިފުމަށްޓަކައި މަހުގެ ބާވަތްތައް ތައްޔާރުކޮށް އައު އުފެއްދުންތައް އުފެއްދުމަށް ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން 60 އިންސައްތަ ޒުވާން އަންހެނުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ޕުރޮގުރާމެކެވެ.  

މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމުގެ އުޞޫލުތައް ބަޔާންކޮށްދޭ ލިޔުމާއި ލޯނަށް އެދޭ ފޯމު ސަރުކާރުގެ ރަސްމީ ގަޑިތަކުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުންނާއި ބެންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗުންނާއި އެބެންކުގެ ބާޒާރު ބުރާންޗުންނާއި އަދި އެބެންކުގެ ރާއްޖެތެރޭގެ ބުރާންޗް ތަކުން ލިބެން ހުންނާނެއެވެ. 

މި ޕުރޮގުރާމުގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ ބެންކް އޮފް މޯލްޑިވްސް އިންނާއި އެބެންކުގެ ރާއްޖެތެރޭގެ ބުރާންޗް ތަކުންނެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާ ތާރީޚުން ފެށިގެން ފުރަތަމަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފޯމުތައް، މި މުއްދަތުނިމުމުން ވަޒަންކުރުމަށްފަހު މިފޯމުތައް ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ. އަދި، މި މުއްދަތަށްފަހު ހުށަހަޅާ ޝަރުޠުހަމަވާ ފޯމުތައް ވަޒަންކުރެވޭނީ ލޯނަށްއެދި ހުށަހަޅާ ފޯމުތައް ބަލައިގަންނަ އެންމެފަހު ތާރީޚަށްފަހުއެވެ. މިފޯމުތައް ވަޒަންކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.

19 ރަމަޟާން 1435

17 ޖުލައި 2014
ހޯދާ