ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅުކައުންސިލްގެ އިދާރާގައި އިންފޮމޭޝަން އޮފިސަރަކާއި މުރާޖަޢާ ކޮމެޓީއެއް ޢައްޔަންކޮށްފި

މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް 12 ޖުލައި 2014 އިންފެށިގެން ޢަމަލު ކުރަން ފަށާގޮތަށް ހަމަޖައްސަވާފައިވާތީ އެޤާނޫނުގެ ދަށުން މަޢުލޫމާތު ދިނުމަށް ފ. އަތޮޅުކައުންސިލްގެ އިދާރާއިން އިންފޮމޭޝަން އޮފިސަރަކާއި މުރާޖަޢާ ކޮމެޓީއެއް ޢައްޔަންކޮށްފިއެވެ.

  • އިންފޮމޭޝަން އޮފިސަރ:

     ފ. އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޚަދީޖާ ޢަލީ

     އިންފޮމޭޝަން އޮފިސަރަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުގެ ޙައްޤުގެ ޤާނޫނުގެދަށުން  ފ. އަތޮޅުކައުންސިލްގެ އިދާރާއިން މަޢުލޫމާތު ދިނުމަށް ޢައްޔަންކުރެއްވި މުވައްޒަފެކެވެ.

  • މުރާޖަޢާކޮމެޓީ:

     1. ފ. އަތޮޅުކައުންސިލްގެ އިދާރާގެ ޑިރެކްޓަރ އިބްރާހީމް ޝަރީފް

     2. ފ. އަތޮޅުކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުﷲ ޢުމަރު

     3. ފ. އަތޮޅުކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް މޫސާ

     މުރާޖަޢާ ކޮމެޓީއަކީ އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ހުށަހަޅާ ޝަކުވާ ބަލައި މުރާޖަޢާ ކުރެއްވުމަށް ޢައްޔަންކުރި ކޮމެޓީއެކެވެ.

13 ޖުލައި 2014
ހޯދާ