މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ރަމަޟާން މަހުގެ ޢިނާޔަތް ދިނުމާބެހޭ

ދިވެހިރާއްޖޭގެ ވަޒިފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަމަޟާންމަހުގެ އިނާޔަތް ދެމުން ނުދާކަން މިއޮތޯރިޓީން ކުރާ އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވެއެވެ. އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ އިނާޔަތް ދިންކަމުގައިވިޔަސް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަންވެސް ފާހަގަ ކުރެވިފައިވެއެވެ.

ޤާނޫނު ނަންބަރު 2008 /2 (ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު) ގައި ވަނީ، "ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން، އެމީހަކަށް ލިބޭ މުސާރައިގެ ތިންބައިކުޅައެއްބައި ދޭންވާނެއެވެ. މުސާރައިގެ ތިންބައިކުޅައެއްބައި -/2,000 (ދެހާސް) ރުފިޔާއަށްވުރެ މަދުނަމަ ދޭނީ -/2,000 (ދެހާސް) ރުފިޔާއެވެ. މުސާރައިގެ ތިންބައިކުޅަ އެއްބައި -/10,000 (ދިހަހާސް) ރުފިޔާއަށްވުރެ ގިނަނަމަ، ދޭނީ -/10,000 (ދިހަހާސް) ރުފިޔާއެވެ."

ވީމާ، ވަޒީފާދެއްވާ އެންމެހާ ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، 1435 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢިނާޔަތް ދެއްވުމަށް ދެންނެވީމެވެ.

12 ޝަޢުބާން 1435

10 ޖޫން 2014
ހޯދާ