ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޓަރިއެއް ކުއްޔަށް ދިނުން

ދިގުވާނޑު ކައުންސިލުން ޢިމާރާތް ކުރަމުންދާ ލައިބްރަރީގެ ދެކުނުކޮޅުގައި ހުރި 16’x10’ ގެ 01 ކޮޓަރި (ފާޚާނާއަކަށް ބޭނުންކުރެވިދާނެ 5’.10”x4’.10” ގެ) ބަޔަކާއެކު ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. މިއީ، ކެންޓީނެއް ހިންގުން ފަދަ ކަމަކަށް އެކަށީގެންވާ ތަނެކެވެ. މިކޮޓަރި ކުއްޔަށް ހިފާފަރާތަކަށް ގޯތިތެރޭގެ ވަކި ސަރަޙައްދެއްގައި ހަޓް ހެދުމުގެ ހުއްދަ ދެވޭނެއެވެ.

ވީމާ، ލައިބްރަރީ އިމާރާތުގެ އިސްވެ ދެންނެވި ބައި ކުއްޔަށް ހިއްޕެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  05 ޖޫން 2014 ދުވަހު 10:00ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ޖޫން 2014 ދުވަހު 10:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވުނު ގަޑިތަކުގައި ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

4 ރަޖަބު 1435

02 ޖޫން 2014
ހޯދާ