މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓުން އަންނަ ތަކެތި ޕޯސްޓްއޮފީހަށް ލިބިފައިވާކަން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް އެންގުމާބެހޭ

މިކުންފުނީގެ ފަރާތުން ކަސްޓަމަރުންނަށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި، 18 މޭ 2014 އިންފެށިގެން  ޕޯސްޓުން އަންނަ ތަކެތި މޯލްޑިވްސް ޕޯސްޓަށް ލިބިފައިވާކަން އެންގުމުގެގޮތުން  އެސް އެމް އެސް ފޮނުވުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. އެސް އެމް އެސް ފޮނުވޭނީ ، ޕޯސްޓުއޮފީހުގެ ކައުންޓަރުން ދޫކުރަން ހަމަޖެހިފައިވާ ތަކެތީގެތެރެއިން އައިޓަމުގެ އެޑުރެހުގައި މޯބައިލު ނަންބަރު ޖަހާފައި ހުންނަތަކެއްޗަށެވެ.  މިގޮތަށް ހަމަޖެހުމުން މޮބައިލު ނަންބަރު ޖަހާފައިހުންނަ ތަކެއްޗަށް އިންޓިމޭޝަން ނުފޮނުވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ތަކެތި ޕޯސްޓު އޮފީހަށް ލިބިފައިވާކަން އެންގުމަށް އެސްއެމްއެސް ފޮނުވިކަމުގައިވިޔަސް، އެސްއެމްއެސް ލިބިވަޑައިގަންނަވާތާ 3 ދުވަހުގެ ތެރޭގައި އައިޓަމް ގެންދެވުމަށް ހަދުމަފުޅުކޮށް އަރުވަމެވެ. އަދި 3 ދުވަސް ބަލާނީ ހޮނިހިރު ދުވަސް ފިޔަވައި އެހެން ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭގޮތުންނެވެ. މިމުއްދަތުގެ ތެރޭގައި އައިޓަމް ނުގެންދަވާނަމަ ޢާންމުކޮށް ޢަމަލުކުރެވެމުންއަންނަ އުސޫލުގެދަށުން ، އިތުރުވާ ކޮންމެ ދުވަހަކަށް ސްޓޯރޭޖް ފީގެ ގޮތުގައި ދުވާލަކަށް -/25 ރުފިޔާ ދައްކަވަން ޖެހިވަޑައިގަންނަވާނެ ކަމުގައި ދަންނަވަމެވެ.

އަދި 500 ގުރާމަށްވުރެ ބަރު އައިޓަމްތަކަށް ނަގަމުންއަންނަ ހޭންޑްލިންގ ޗާޖު -/5 (ފަސް ރުފިޔާ) އެސް އެމް އެސް ފޮނުވޭ އައިޓަމްތަކަށްވެސް ނެގޭނެކަމުގައި ދަންނަވަމެވެ.

23 ރަޖަބު 1435

22 މޭ 2014
ހޯދާ