އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކުރުން

އިޢުލާން

މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން  ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޢާންމުކޮށްފައި ވާ ނަންބަރު:  2020/03 އެންގުމާއި (ޕާކްތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތްކުރުން ހުއްޓާލުމަށް އެންގުން) ގުޅިގެން ސިއްޙީ ޢާންމު ޙާލަތަށް ރުޖޫޢަ ވަންދެން މި ދަންނަވާ ތަންތަން ބަންދުކޮށް މި ތަންތަނުގައި ކުރިއަށް ގެންދާ ޙަރަކާތްތައްވެސް ހުއްޓާލުމަށް އެންގީމެވެ.

  • އައްޑޫސިޓީގެ ހުރިހާ ޕާކްތަކާއި ފިނި މައިޒާންތައް.
  • ޕިކްނިކް ސަރަޙައްދުތައް.
  • ސްވިމިން ޓްރެކް ސަރަޙައްދުތަކާއި ފަތަންދާ ސަރަހައްދުތައް.
  • ކުޅިވަރު މައިޒާންތައް.
  • ފުޓްބޯޅަ ދަނޑުތައް.
  • ޢާންމުކޮށް ތާސްކުޅުމަށް އެއްވެ އުޅޭ ސަރަޙައްދުތައް.
  • ބަނދަރުތަކާއި ކޯޒްވޭތަކުގައި މަސްބޭނުން.
  • ކެމްޕޭން ޖަގަހަތައް.
  • ކެފޭ ރެސްޓޯރަންޓް ތަކުން ޢިމާރާތުން ބޭރުން މަގުމަތީގައި ޚިދުމަތްދިނުން.

 

މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެ ކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޝަޢުބާން 1441

25 މާރިޗު 2020
ހޯދާ