ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ "ހޮސްޕިޓަލް މެނޭޖުމަންޓް އިންފޮމޭޝަން ސިސްޓަމް" (HMIS) އިމްޕްލިމެންޓް ކުރުމުގެ ޕްރޮޖެކްޓަށް އިންޑިޕެންޓެންޑް ކޮންސަލްޓެންޓެއް ހޯދުމަށްކޮށް 08 މާރިޗު 2020ގައި ކޮށްފައިވާ އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.
ތަން |
ގަޑި |
ތާރީޚް |
ތަފްޞީލު |
ޕްރޮކިއުމަންޓް |
13:00 |
22 މާރިޗު 2020 |
މަޢުލޫމާތު ސާފުކުރެއްވުމަށް |
ޕްރޮކިއުމަންޓް |
11:00 |
29 މާރިޗު 2020 |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް |
22 ރަޖަބް 1441
17 މާރިޗު 2020