ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރުވެރިންގެހިޔާ މަރާމާތުކުރުން

އިޢުލާން

                                                                                      ނަންބަރ: (IUL)421/421/2020/05

ދަތުރުވެރިންގެހިޔާ މަރާމާތުކުރުން

 

        މިރަށު ބަނދަރު ސަރަހައްދުގައި އަޅާފައިވާ ދަތުރުވެރިންގެ ހިޔާ މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ،މިދެންނެވި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވުން

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން

11 ފެބުރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް

18 ފެބުރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް

 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުންނާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

                     10 ޖުމާދިލްއާޚިރާ 1441

                       04 ފެބުރުއަރީ   2020

 

 

 

 

                                               މުޙައްމަދު ވަޙީދު

                                              ކައުންސިލްގެ ރައީސް                      

04 ފެބުރުވަރީ 2020
ހޯދާ