އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

                                                   ނަންބަރު: IUL)345-CAA/345/2020/5)

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު:

 

 

ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް އއ.މާޅޮހު ގައި ހިނަވާގެއެއް ޢިމާރާތް ކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލަށް ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 10 ފެބުރުވަރީ 2020 އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން:

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 11 ފެބުރުވަރީ  2020 ވާ އަންގާރަ ދުވަހު 13:00 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.

ބިޑް ހުޅުވުން:

މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 16 ފެބުރުވަރީ  2020 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 16 ފެބުރުވަރީ  2020 ވާ (އާދިއްތަ) ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]

04 ފެބުރުވަރީ 2020
ހޯދާ